ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ބަލަނީ

އަޒީޒާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފައި.-- ފޮޓޯ: ވޮއިސް އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޅުމާލޭގައި ހުންނަ އަޒީޒާ މޫސާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، އެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ދަނީ ތަހުގީގެއް ފަށައިގެން ކުރިއަށް ގެންދަމުންނެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ފަތިހު 3:47 އެހައިކަންހާއިރުއެވެ. މި އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ފަރާތް މިހާރު ދެނެގަނެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ. އަދި މިކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށާއި، މިސްކިތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: