ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޑިޓް ރިޕޯޓް ހުށަނާޅާ ސިޔާސީ ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީއެއްގެ ހަރަކާތެއް. ފޮޓޯ: ޖަޒީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ކޮންމެ އަހަރަކުވެސް ހުށަހަޅަންޖެހޭ އަހަރީ އޮޑިޓް ރިޕޯޓް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަނޭޅި ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފިއެވެ.

މި ފިޔަވަޅު އަޅާފައިވަނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ބައެއް ޕާޓީތަކުން ފުރިހަމަކޮށްފައި ނުވާތީއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް އޮޑިޓް ރިޕޯޓް ގަވާއިދުން ހުށަހަޅާފައިވަނީ އެމް.ޑީ.އޭ، ޕީ.އެން.ސީ، ޖުމްހޫރީ ޕާޓީ އަދި ޕީ.އެން.އެފް އެކަންޏެވެ. މީގެ ތެރެއިން އެމް.ޑީ.ޕީ އިން ރިޕޯޓް ހުށަހަޅާފައިވަނީ ކަނޑައެޅިފައިވާ މުއްދަތު ހަމަވި ފަހުން ކަމަށް ކޮމިޝަނުން ފާހަގަކުރެއެވެ.

އޮޑިޓް ރިޕޯޓް ހުށަނާޅާތީ ޖޫރިމަނާކޮށްފައިވާ ޕާޓީތަކުގެ ތެރޭގައި އަދާލަތު ޕާޓީ އާއި އެމް.އެން.ޕީ ހިމެނެއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތައް 50,000 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއް މަސްދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ އެހީގެ ތެރެއިން އެ އަދަދު އުނިކުރެވޭނެ ކަމަށެވެ. މިއީ ސިޔާސީ ޕާޓީތަކުން މާލީ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ބެލެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: