ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދަށް ލިބިދާނެ ގެއްލުން ސަލާމަތް ކުރުމަށް ސަރުކާރުން މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ މިހާރު އޮތް ނާޒުކު އިގްތިސާދީ ހާލަތުން އަރައިގަތުމަށާއި، ގައުމުގެ އިސްތިގުލާލަށް ލިބިދާނެ ގެއްލުުން ސަލާމަތްވުމަށްޓަކައި، ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު މިހާރު މިއޮތް ފުން ވަޅުގަނޑަށް ވެއްޓޭނެ ކަމުގެ އިންޒާރު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ތެރޭގައިވެސް އެ ޕާޓީން ދެމުން އައި ކަމަށެވެ. ނަމަވެސް އެ ދުވަސްވަރު ރައްޔިތުންނަށް އެކަން ވިސްނައިދިނުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، މިއަދު މުޅި ގައުމަށް މި ހަގީގަތް ސާފުވަމުންދާކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، ގައުމުގެ ހާލަތު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށްޓަކައި ”ނެޝަނަލް ޔުނިޓީ ކޮމިޓީ“ އެއް އުފައްދައިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިއީ ސަރުކާރުގެ ބައިވެރިއަކަށް ވުމަށް ކުރާ ކަމެއް ނޫންކަމަށާއި، މަގްސަދަކީ ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯދުންކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އަޅުގަނޑުމެން މި ދައްކަމުން އައީ ރަނގަޅު ވާހަކައެއްކަން މިހާރު ދިވެހި ހުރިހާ ރައްޔިތުންނަށް އެބަ އެނގޭ. މި ސަރުކާރުގެ ނާގާބިލުކަމާއި، ކަންކަން ހުރިގޮތް މިހާރު ވަރަށް ސާފު..

މީގެއިތުރުން، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، ސަރުކާރުގެ ބާރުތައް ކުޑަކޮށް، ދައުލަތުގެ މުއައްސަސާތަކުގެ މިނިވަންކަން އިތުރުކުރަންޖެހޭކަމަށާއި، ވެރިކަމަށް އަންނަ މީހެއްގެ ނާގާބިލުކަމުގެ ސަބަބުން މުޅި ގައުމު ފުނޑުފުނޑުވެގެން ދިޔަ ނުދިނުމަށްޓަކައި ވަކި މިންގަނޑުތަކެއް ކަނޑައެޅިފައި އޮންނަންޖެހޭ ކަކަމަށެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ފަސް އަހަރުގެ ދައުރެއްގައި ވެރިއަކަށް ހުންނަ މީހަކު ކުރާ ކަންކަމުން ގައުމަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތްތައް ހޯދަން ޖެހެ އެވެ. އަދި ނާގާބިލު ވެރިންގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ތަޖުރިބާ ކުރެވިފައިވާކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: