ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ވެސް ބައެއް ހިސާބުތަކަށް ވިއްސާރަވާނެ، އުދައެރުން އެކަށީގެންވޭ

މާލެ ސަރަހައްދަށް މީގެ ކުރިން އެރި އުދައިގައި މާލެ-ހުޅުމާލެ ހައިވޭގައި ފެންބޮޑުވެފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށާއި އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފިއެވެ.

މިއަދުގެ އިރުއޮއްސި 18:00އާ ހަމައަށް މޫސުން ލަފާކުރެވޭ ގޮތް މެޓް އޮފީހުން އާންމުކޮށްފައިވާއިރު، އެ އޮފީހުން ބުނެފައިވަނީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.

އުތުރުގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް މެޓުން ލަފާކޮށްފައިވަނީ މިއަދު މެންދުރު 12:29 ހާއިރެވެ. އަދި މިއަދު މެދުރާއްޖެތެރެއަށް ދިޔަވަރު އެންމެ ބޮޑުވާނީ 13:06 ހާއިރު ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ 13:43 ހާއިރު ކަމަށް ލަފާކޮށްފައިވެއެވެ.

އޭގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

ނަމަވެެސް، މެޓުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައެވެ.

ކުރިއަށް އޮތް ހަފްތާގައި ސްކޫލް ބަންދު ނިމޭއިރު، ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި އުދަ އަރާ ގަޑިތަކުގައި މުދަލަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: