ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސްވެ މަތިންދާބޯޓުތަކަށް ނުޖެއްސި ފްލައިޓުތައް ޑިލޭވެއްޖެ

ރާއްޖޭގެ ވައިގެ ސަރަހައްދުގައި މިއަދު ދަތުރުކުރި ބައެއް މަތިންދާބޯޓުތައް ފްލައިޓް ރާޑާއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރަމުން ދާއިރު, އެކަމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު ޖައްސަން އޮތް ބައެއް ފްލައިޓްތައް ގަޑިއަށް ނުޖެއްސި ޑިލޭވެއްޖެއެވެ.

ފްލައިޓްތައް ޓްރެކް ކުރާ ”ފްލައިޓްރާޑާ“ގެ ވެބްސައިޓުން ފެންނަ ގޮތުގައި އިންޓަނޭޝަނަލް އެއާލައިންތަކުގެ ބައެއް މަތިންދާބޯޓުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނުޖެއްސިގެން ގިނަ އިރުތަކެއް ވަންދެން ވައިގެ ތެރޭގައި މަޑުކުރަން ޖެހުނެވެ. ކަނޑުތައް ގަދަވުމުގެ ސަބަބުން ބައެއް ޑޮމެސްޓިކް ސީޕްލޭންތައް ވެސް ނުޖެއްސި ވައިގެ ތެރޭގައި ބުރު އަޅަން ޖެހުނެވެ.

މިއަދު ހެނދުނު ވެސް މާލޭ ސަރަހައްދަށް ބޯކޮށް ވާރޭވެހިފައިވާއިރު، ވައިގަދަވުމުގެ އިތުރުން ދުރު ފެންނަ މިންވަރު ދަށްވެ، ފްލައިޓުތައް ލޭންޑުކުރުމަށް އެކަމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވިއެވެ. އަދި ޝެޑިއުލަށް ބުރޫއަރައި ގިނަ އަދަދެއްގެ ފްލައިޓުތަކެއް ޑިލޭވިއެވެ.

ލޭންޑު ނުކުރެވި މަޑުކުރަން ޖެހުނު އެއާލައިންތަކުގެ ތެރޭގައި ސްރީލަންކަން އެލާއިންސް، ގަތަރު އެއާވޭސް، އެއިރޯފްލޮޓް، ފްލައި ދުބާއީ، އިންޑިގޯ އަދި ފިޓްސްއެއާގެ ހިމެނެއެވެ. އެގޮތުން ލަންކާއިން ރާއްޖެއަށް ދަތުރުކުރި ފްލައި ދުބާއީގެ ބޯޓެއް ކޮލޮމްބޯއަށް ޑައިވާޓްކުރަން ވެސް ޖެހުނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ވިއްސާރަވެ، ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައެވެ.

މެޓުން ލަފާކޮށްފައިވާ ގޮތުގައި، އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ހަފްތާ ބަންދުގައި ވަރަށް ބޮޑަށް ވިއްސާރަކުރާނެ ކަމަށް މެޓުން ލަފާކޮށްފައިވާއިރު، ވިއްސާރަ އަލިވާނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: