ވަކި މުއްދަތަކަށް ދިރިއުޅެވޭ ގޮތަށް ދޫކުރާ ރެޒިޑެންސީ ޕްރޮގުރާމް ނުވަތަ ޓައުންޝިޕް މަޝްރޫއުގެ ސަބަބުން ފަތުރުވެރިކަމުގެ އެހެން ވިޔަފާރިއެއް ކުރިއަރުވަން ފުރުސަތު ލިބޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރެޒިޑެންސީ ޕްރޮގުރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނެ ކަމެއް ކަމަށާއި، މިއީ އެހެން ބާވަތެއްގެ ޓޫރިޒަމް ވިޔަފާރީގެ ފުރުސަތެއް ކަމަށެވެ. ނަޝީދު މިކަމަށް ތާއީދުކުރެއްވި ނަމަވެސް، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ވަނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައެވެ.
އެމްޑީޕީގެ 13 މެންބަރުން ސޮއިކުރައްވައި ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނު ސަރުކާރުން އިސްލާހުކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އަދި ”މޯލްޑިވްސް ޕާލް ރެޒިޑެންސް“ ގެ ނަމުގައި ހިންގާ ރެޒިޑެންސް-ބައި-އިންވެސްޓްމެންޓް ޕްރޮގްރާމަކީ ކަޅު ފައިސާ ދޮވުމަށާއި ޓެކްސްއަށް މަކަރު ހެދުމަށް މަގުފަހިވާ، ރާއްޖޭގެ ސިޔާދަތީ ބާރުތަކަށް ނުރައްކާވާ ކަމެއް ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، މަޖިލީހުގެ އެއްވެސް ދައުރެއް ނެތި މިފަދަ ކަންކަން ކުރިއަށް ގެންދިޔުމަކީ މިނިސްޓަރަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށްވެސް އިދިކޮޅު މެންބަރުން ވަނީ ތުހުމަތުކުރައްވާފައެވެ.
ޓައުންޝިޕް ޕްރޮގްރާމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މީގެކުރިން ވިދާޅުވެފައިވަނީ، މިއީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށާއި، ދިގުމުއްދަތަކަށް އިޤްތިޞާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ތަންފީޒުކުރާ މުހިންމު ސިޔާސަތެއް ކަމަށެވެ. މި މަޝްރޫޢަކީ އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
2028 ވަނަ އަހަރަށް ނިންމުމަށް އަމާޒު ހިފާފައިވާ މި މަޝްރޫޢަކީ ބޯހިޔާވަހިކަމާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން ޚިދުމަތްތެރިކަމުގެ ދާއިރާތައް ހިމެނޭހެން ފަރުމާކޮށްފައިވާ ވަރަށް ފުޅާ

