ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި

ޓާމް ޗުއްޓީ ނިންމާފައި ދަރިވަރުން ސްކޫލަށް ދަނީ-- ވަގުތު ފޮޓޯ: އިބްރާހިމް ޝާބިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ބަންދަށްފަހު، ހުރިހާ ސްކޫލްތަކެއްގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށްފަހު، ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބިފައިވެއެވެ. މިއަދު ފެށުނު ދެވަނަ ޓާމުގެ ކިޔެވުން މިއަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މި ދިރާސީ އަހަރު ރާއްޖޭގެ ސަރުކާރުގެ 218 ސްކޫލެއްގައި 77,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ. މީގެ ތެރޭގައި އަލަށް ގްރޭޑް 1 އަށް ވަން 4,790 ދަރިވަރުން ހިމެނެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގެ ސްކޫލްތަކުން 1,748 ދަރިވަރުންނަށް ޖާގަ ދީފައިވާއިރު، އަތޮޅުތެރޭގެ ސްކޫލްތަކުން 3,042 ދަރިވަރުން ގްރޭޑް 1 އާ އަލަށް ގުޅިފައިވެއެވެ.

ދަރިވަރުންނަށް މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު 18 އިން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ 16 އާ ހަމައަށެވެ. އެއީ ޖުމްލަ 30 ދުވަހުގެ ޗުއްޓީއެކެވެ. ބޮޑު ޗުއްޓީއަށްފަހު، 2027 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: