ކޮވިޑް-19 އަށް އިތުރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްސަން އޭޖެންސީން ދެންމެ ބުނެފިއެވެ.
އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ، ޕޮޒިޓިވްވެފައިވަނީ، ކޮވިޑް-19 އިގެ ކޭސް-23 އާއި ޑައިރެކްޓް ކޮންޓެކްޓްވެފައިވާ މީހެއްކަމަށާއި، މި މީހާ މިހާރު އައިސޮލޭޝަންއަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހާއާއެކު މިހާރު މި ވައިރަހަށް މާލެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 6 އަށް އިތުރުވެފައެވެ.

