ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ހަތް ވަނަ މީހަކު މާލެއިން ޕޮޒިޓިވްވެވަފައިވާކަން އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މީގެ ކުޑައިރުކޮޅެއް ކުރިން ކުރި ޓުވިޓެެްގައި ބުނީ މާލެއިން ކޮރޯނާ ވައިރަހަށް ސާންޕަމް ނަގައި ޓެސްޓްކުރި މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އަދި މިހާތަނަށް މާލެއިން ހަތް މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭގެ ޓުވީޓްގައި ވަނީ ބުނެފައެވެ.
މާލެއިން ހަތް ވަނަ މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވުމާއި ގުޅިގެން ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 27 އަށް އެރީއެވެ. އަދި މިބަލިން މިހާތަނަށް ރާއްޖެއިން ރަނގަޅުވެފައި ވަނީ 16 މީހެކެވެ.

