ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިރީނާގެ ދާއިމީ މަންދޫބަކަށް ޠާރިޤް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ތޯރިގު އިބްރާހީމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ (އައިރީނާ) އަށް ރާއްޖެއިން ކަނޑައަޅުއްވާ ދާއިމީ މަންދޫބުގެ މަގާމަށް، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުޙައްމަދު ޠާރިޤް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ތޯރިގް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެ މައްސަލަ މަޖިލީހަށް ފޮނުއްވިއެވެ. އެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު އެ މަގާމަށް ތޯރިގް އައްޔަން ކުރައްވަން ފެންނަ ކަމަށް ކޮމިޓީން ފާސްކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައިރީނާގެ މަންދޫބަކަށް ޠާރިޤް އައްޔަންކުރައްވަން ނިންމެވީ، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަށާއި، ތިމާވެށީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ބޭރުގެ އެހީތެރިކަން ހޯދުމަށް ބާރުއެޅުމުގެ މަގްސަދުގައެވެ. ޤާނޫނުއަސާސީ އާއި ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބައިނަލްއަގުވާމީ ޖަމްޢިއްޔާތަކަށް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރުހުން ހޯއްދަވަން ޖެހެއެވެ. އެމަނިކުފާނު އައިރީނާއަށް ކަނޑައަޅުއްވާ މަންދޫބަކަށް ޠާރިޤު އިބްރާހިމް އައްޔަން ކުރެއްވުމަށް ފޮނުވި މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ޠާރިޤު އެ މަޤާމަށް އައްޔަން ކުރައްވަން ފެންނަ ކަމަށް ވަނީ ފާސްކުރައްވާފައެވެ.

ކޮމިޓީން މިގޮތަށް ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޠާރިޤް އައްޔަންކުރައްވަން ފެންނަ ކަމަށް ފާސްކުރައްވާފައެވެ. ޠާރިޤްވަނީ މި ސަރުކާރުގެ ތިމާވެއްޓާބެހޭ ވަޒީރުގެ މަޤާމު އަދާކުރައްވާފައެވެ.

އައިރީނާގެ މަންދޫބުގެ މަގާމަށް އައްޔަންކުރެއްވި މުޙައްމަދު ޠާރިޤަކީ މިހާރުވެސް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އައިރީނާގެ މައި މަރުކަޒު ހުންނަނީ ޔޫއޭއީގެ އަބޫދާބީގައެވެ.

މި އައްޔަންކުރެއްވުމުގެ ސަބަބުން، ދުނިޔޭގެ އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު މިހާރަށްވުރެ ފުޅާވެ، ބައިނަލްއަގުވާމީ މުޖުތަމައާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. އައިރީނާއަކީ ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވެގެން އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްގީކޮށް، ކުރިއަރުވައި، އެ ދާއިރާ އިން މެންބަރު ގައުމުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަގްސަދުގައި 2009 އަހަރު ގާއިމްކޮށްފައިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާއެކެވެ. ދިވެހިރާއްޖެއަކީ އައިރީނާގެ މެންބަރެއްގެ ގޮތުގައި އެންމެފުރަތަމަ ހިމެނިގެންދިޔަ ގައުމުތަކުގެ ތެރެއިން ގައުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: