ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ފަހުން ޕޮޒިޓިވްވި ދެ މީހުންނަކީ، ޕޮޒިޓިވްވެފައިވާ މީހަކާއި ބައްދަލުވެފައިވާ ދެ މީހުންނެެއްްނޫޫންް: ޑރ.ނަަޒްްލާާ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 އަށް އެންމެ ފަހުން ޕޮޒިޓިވްވި ދެ މީހުންނަކީ، ޕޮޒިޓިވްވެފައިވާ މީހަކާއި ބައްދަލުވެފައިވާ ދެ މީހުންނޫންކަމަށް ޑރ. ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

މިއަަދުު ދަރުބާރުގޭގައި އޮންލައިންކޮށް ބޭޭއްްވިި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ، މިއަދު ފެނުނު އެއް ކޭސްއަކީ، ކޭސް-23 އާއި ގުޅުންހުރި ކޭސްއެއް ކަމަށާއި، މިއަދު ފެނުނު އަނެއް ދެ ކޭސްއަކީ، މިހާތަނަށް ފެނިފައިވާ ކޭސްތަކާއި ގުޅުންހުރި ކޭސްތަކެއްކަމަކަށް ފާހަގަނުކުރެއްވޭ ކަމަށެވެ.

މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ، މިއަދު ފަހުން ޕޮޒިޓިވްވި 2 މީހުންނަށް ވައިރަސްޖެހުނުގޮތް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި ގޮތުން ތިން ކްލަސްޓާއެއް އުޅޭކަން ފާހަގަ ކުރައްވަމުން ޑރ.ނަޒްލާ ވިދާޅުވީ، މާލެއިން ފުރަތަމަ ފެނުނު ކޭސްއާއި، ގުޅުންހުރި އެއް ކޭސްއަކީ، ކްލަސްޓާއެއްކަމަށް ބަލާފައިވާކަމަށެވެ.

ނަމަވެސް މިއަދު ފެނުނު ވަކި ދެކޭސްއަކީ، އެހެން ކޭސްއަކާއި އެއްވެސްކަހަލަ ގުޅުމެއްވާކަމަށް ނުފެންނަ ދެ ކޭސްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިތުރު ކޭސްތަކެއް ފެންނަންފަށައިފިނަމަ ކޮންޓެންޓް ޓްރޭސިން ހަދަން އުނދަގޫވާނެކަމަށާއި، ނަމަވެސް އެއް ކްލަސްޓާއާއި، އަނެއް ކްލަސްޓާއާއި ގުޅުންހުރިތޯ ބެލުން ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން ޑރ.ނަޒްލާ ވަނީ ވީހާވެސް ރަނގަޅަކަށް އެކަންކަން ކުރިއަށް ގެންދެވޭތޯ ބައްލަވާނަމޭ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: