ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލް އިންވެސްޓްމަންޓްސް: ޑޮލަރުން އިންވެސްޓް ކުރުމުން ފައިދާ ވެސް ޑޮލަރުން

ބީއެމްއެލް އިން އިންވެސްޓްކުރާ ޑޮލަރުގެ ފައިދާ ޑޮލަރުން ދެނީ/ ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ތައާރަފުކުރި ”އިންވެސްޓްމަންޓްސް“ ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރާ ކަސްޓަމަރުންނަށް ލިބޭ ފައިދާ ޑޮލަރުން ދޫކުރާ ގޮތަށް އެ ބޭންކުން ހަމަޖައްސައިފިއެވެ.

މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އިފްތިތާހުކުރި މި ހިދުމަތަކީ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރު އިތުރުކުރުމުގެ މަގުސަދުގައި ފެށި މަޝްރޫއެކެވެ.

ބީއެމްއެލް އިން މިއަދު ހާމަކުރި ގޮތުގައި، އަލަށް ގެނައި މި ބަދަލާއެކު، އިންވެސްޓްކުރާ އަދަދާއި އޭގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ އެކައުންޓަށް ޑޮލަރުން ޖަމާވާނެއެވެ. ނަމަވެސް، ބޭންކާއި އިންވެސްޓަރުގެ މެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން، އިންވެސްޓްކުރި އަސްލު އަދަދު ޖެހިގެން އަންނަ ދުވަހު އަނބުރާ ބޭންކަށް ރުފިޔާ އިން މާރުކުރަން ޖެހޭނެއެވެ.

މިގޮތަށް އަމަލުކުރުމުން، އިންވެސްޓްކުރި ފަރާތަށް ފައިދާގެ ގޮތުގައި ލިބޭ ބައި ޑޮލަރުގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

މި އިންވެސްޓްމަންޓް ޕޯޓަލްގައި ބައިވެރިވާ ފަރާތްތަކަށް 25 އިންސައްތައާ ހަމައަށް ފައިދާ ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ. އެގޮތުން 1,000 ޑޮލަރު އިންވެސްޓްކޮށްފި ނަމަ، ޖެހިގެން އަންނަ ދުވަހު އެ ފަރާތުގެ އެކައުންޓަށް 1,250 ޑޮލަރު ޖަމާވާނެއެވެ. އަދި އެއަށްފަހު އިންވެސްޓްކުރި 1,000 ޑޮލަރު ބޭންކަށް ރުފިޔާ އިން މާރުކުރަން ޖެހޭއިރު، ފައިދާގެ ގޮތުގައި ލިބުނު 250 ޑޮލަރު ކަސްޓަމަރަށް ބޭނުންކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: