ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ މަހު އޭޖީ އޮފީހުން ކޯޓުތަކަށް 16 މައްސަލަ ހުށަހެޅި

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު އަހުމަދު އުޝާމް ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ޖުލައި މަހު ބަންޑާރަނައިބުގެ އޮފީހުން ކޯޓުތަކަށް 16 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން އިއްޔެ އާންމުކުރި އެ އޮފީހުގެ ތަފާސްހިސާބުތަކުގައި ވާގޮތުން ޖުލައި މަހު 16 މައްސަލައެއް ކޯޓުތަކަށް ހުށަހަޅާފައިވާއިރު، އެއީ އޭގެ ކުރީ މަހާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން، ޖޫން މަހު ކޯޓުތަކަށް ހުށަހެޅީ 6 މައްސަލައެވެ.

މިދިޔަ ޖުލައި މަހު އެ އޮފީހުން ވަނީ ކޯޓުތަކުގައި އޮތް 66 އަޑުއެހުމެއްގައި ބައިވެރިވެފައެވެ. މިއީ ޖޫން މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ. ޖޫން މަހު އެ އޮފީހުން 86 އަޑުއެހުމެއްގައި ބައިވެރިވެފައިވެއެވެ.

އޭގެ އިތުރުން، ޖުލައި މަހު 72 ގާނޫނީ ލަފައެއް ފޯރުކޮށްދީފައިވާއިރު، ޖޫން މަހު ފޯރުކޮށްދީފައިވަނީ 76 ގާނޫނީ ލަފައެކެވެ.

ޖުލައި މަހު ބަންޑާރަނައިބުގެ އޮފީހުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަދަދު އޭގެ ކުރީ މަހާ އަޅާބަލާއިރު ވަނީ އިތުރުވެފައެވެ. އެގޮތުން ޖުލައި މަހު 25 ފަރާތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިންއިރު، ޖޫން މަހު ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނީ 16 ފަރާތަކަށެވެ.

ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތަކީ ގާނޫނުއަސާސީންނާއި ގާނޫނަކުން އެހެން ފަރާތެއްގެ މަސްއޫލިއްޔަތެއް ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި، އެހެން ކަންކަމުގައި، ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ކޯޓުތަކުގައާއި، އެނޫންވެސް އެފަދަ ތަންތަނުގައި ދިވެހި ދައުލަތް ތަމްސީލުކުރުމާއި، އާބިޓްރޭޝަނާއި، މީޑިއޭޝަން ފަދަ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ނިޒާމުތައް މެދުވެރިކޮށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ހިނގާ މައްސަލަތަކުގައި ދިވެހި ދައުލަތް ތަމްސީލުކުރުމެވެ.

ދައުލަތާ ގުޅުންހުރި ގާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ގާނޫނީ ލަފާދިނުމާއި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އަލަށް ހުށަހަޅާ ބިލުތަކާއި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކާގުޅޭ ބިލުތައް އެކުލަވާލުމަކީ ވެސް އެ އޮފީހުގެ ޒިންމާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: