މިހާރު ދުނިޔޭގައި ހަލުވު ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ނުވަ މީހަކު ވެރިރަށް މާލެއިން ޕޮޒިޓިވްވެފައިވާއިރު މިހާރު ބަލިފެތުރެމުންދާ ސްޕީޑުގައި ބަލި ފެތުރެމުންދާނަމަ ކޮރޯނާ ވައިރަހަށް ރާއްޖޭގައި ފަރުވާ ނުދެވިދާނެ ކަމުގެ އިންޒާރު ސިއްހީ ދާއިރާގެ މާހިރުން ދެއްވައިފިއެވެ.
ވެރިރަށް މާލެއިން ދެ ދުވަސްތެރޭގައި ކޮރޯނާ ވައިރަހަށް ނުވަ މީހަކު ޕޮޒިޓިވްވެފައިވާއިރު އެ ނުވަ މީހުންނާއި ކިންޓެކްޓްވި މީހުންގެ އަދަދު އުޅެނީ300 އަށް ވުރެ މަތީގައެވެ. މީގެތެރެއިން ގިނައީ ޕޮޒިޓިވްވި މީހުންނާއި ސީދާ ބައްދަލުވި މީހުންނެވެ. މިކަމަކީ ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތަށް އެޅިގެން ދިޔަ ވަރަށް ބޮޑު ހުރަހެއް ނުވަތަ ގޮންޖެހުމެއް ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައެވެ.
އެގޮތުން ކޮވިޑް-19 އާއްމުންގެ ތެރޭގައި ފެތުރިއްޖެ ނަމަ، ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑު ކަމަށް ދައްކާ ކަމަށާއި އަދި ބިރުވެރިކަން ބޮޑުވެފައިވާ ކަމަށާއި މިހާރުގެ ލަފާކުރުންތަކުން ދައްކަނީ ހަލުވިކަމާ އެކު ފެތުރޭ ވައިރަހުން ލައްކައަކަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ ހޮސްޕިޓަލްތައް ފުރި އެތައް ބަޔަކަށް ފަރުވާ ނުދެވިދާނެ ކަން ކަމަށް ސިއްހީ މާހިރުން މިވަނީ ކަންބޮޑުވުމާއިއެކު ފާހަގަ ކުރައްވާފައެވެ.
ދެ ދުވަހުގެ ތެތޭގައި މާލެއިން ނުވަ މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވުމާއި ގުޅިގެން ޑރ. ޝީނާ މޫސާ އާއްމުކުރެއްވި އަދަދުތަކުން ކަންބޮޑުވުން އޮތީ އިންތިހާގަ އެވެ. ކަމާބެހޭ އިދާރާތަކުން ދެމުން އައި އިންޒާރުތަކަށް ފަރުވާކުޑަކުރުމުގެ ނަތީޖާ ފެންނަން އޮތީ، ބިރުވެރި އަދަދުތަކުންނެވެ.

ޑޜ ޝީނާ ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑެއް ނެތި ދުރާލައި ފިޔަވަޅު އަޅަމުން އައި އިރު ރާއްޖޭގައި ކޮވިޑް-19 ފެތުރުނީ ވަރަށް މަޑުމަޑުން ކަމަށެވެ. އޭރު، އެންމެ ގޯސް ހާލަތަކަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ވެސް އޭރު ލިބެމުން އައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް މާލެ ތެރެއިން ފުރަތަމަ ކޭސް ފެނި، ކޮންޓެކްޓް ޓްރޭސިން ހެދިއިރުގެ ނަތީޖާ ފެނުނީ ވަރަށް ހިތާމަވެރިކޮށްކަން ޑރ ޝީނާ ފާހަގަ ކުރެއްވިއެވެ.
އެގޮތުން މިހާރުގެ އަންދާޒާ ފެންނަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބާރަށް ބަލި ފެތުރިގެންދާ ތަން ކަމަށް ޝީނާ ވިދާޅުވި އެވެ. މި ހާލަތުން، އައިސީޔޫ އާއި ވެންޓިލޭޓަރަށް ލާން ޖެހޭ އަދަދު ވެސް މިހާރު އުޅޭނީ 43،000 ގައިކަން ޑޜ ޝީނާ ފާހަގަ ކުރެއްވިއެވެ. އަދި ކުރިން މަސައްކަތް ކުރަމުންއައި ބަލި ޖެހޭ މޫހުން ބަލިން ސަލާމަތް ކުރުމަށް ކަމަށާއި ނަމަވެސް މިހާރު ބަލި ފެތުރެމުންދާ ސްޕީޑުގައި ބަލި ފެތުރެމުންދާމަ ބަލިން ސަލާމަތް ކުރަން ޖެހޭ މީހުންނަށް ވުރެ ބަލީގައި އެޑެމިޓް ކުރަން ޖެހޭ މީހުން ގިނަ ގިނަ ބައެއްގެ ފުރާނަ ސަލާމަތް ނުކުރެވޭ ހާކަތަށް ގޮސްދާނެ ކަމުގެ އިންޒާރު ދެއްވިއެވެ.
ޑރ ޝީނާ ވިދާޅުވީ އެ ހާލަތަށް ދިޔަނުދިނުމަށް ސިއްހީ މާހިރުން ދެއްވާ އިރުޝާދަށް ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ކަމަށެވެ. އެ ހާލަތަށް ދާން ދޫކޮށްލައިފިނަމަ ލައްކައަކަށްވުރެ ގިނަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެންމެ ގޯސް ހާލަތަށް ދިއުމުން ފަރުވާދޭން ކިތަންމެ ބޭނުންވިޔަސް އެކަން ނުކުރެވޭނެ ކަމަށެވެ. އެހެން ކަމުން ދިވެހިރާއްޖެ ކޮރޯނާ ވައިރަހަށް ފަރުވާ ނުދެވޭނެ ހާކަތަށް ގެންދާނީތޯ ނުވަތަ ނޫންތޯ ނިންމުމުގެ ބާރު މިއަދު އޮތީ ދިވެހި ރައްޔިތުންގެ އަތްމަތީގައި ކަމަށް ޑރ ޝީނާ ވިދާޅުވިއެވެ.
ކޮވިޑް-19 އިން އާއްމުން ރައްކާތެރިކަމަށް ފިޔަވަޅު އަޅަމުން އައި ސިއްހީ ޚިދުމަތްތެރިން ކުރިން ވެސް ކަންބޮޑުވުންފާޅުކުރަމުން އައި މައްސަލަ އެވެ. އާއްމުންގެ ތެރެއަށް ވައިރަސް ފެތުރި، އެއްފަހަރާ އެތައް ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިއްޖެ ނަމަ އެ ކެޕޭސިޓީ ނެތް ކަމެވެ.

