ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މެމްބަރުންނަކީ ކޮންމެހެން ތައުލީމީ ގޮތުން މާބޮޑު ސަނަދެއް އޮތް މީހަކަށް ވާކަށް ނުޖެހޭ: ހަސަން ލަތީފް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ބޭފުޅަކީ ކޮންމެހެން ތައުލީމީ ގޮތުން މާބޮޑު ސަނަދެއް އޮތް މީހަކަށް ވާކަށް ނުޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ’ބޮޑު ބަދަލު‘ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީއަށް 18 އަހަރު ފުރުމާއި ގުޅިގެން ސަންގަށް ދެއްވި އިންޓަވިއުއެއްގައި ހަސަން ލަތީފު ވިދާޅުވީ، ސަނަދަކަށްވުރެ އެމީހަކު ކުރާ މަސައްކަތާއި މަސއްކަތަށް ހޭދަކުރާ ވަގުތު މާމުހިންމުކަމަށެވެ.

މިގޮތުން މަޖިލީސް މެމްބަރެއްގެ މުސާރަ ކަނޑައެޅުމުގައިވެސް ބަލަންޖެހެނީ އެމީހަކު ކުރާ މަސައްކަތަކަށް ކަމަށާއި އޭނާގެ ސަނަދަކަށް ނޫން ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

”މެމްބަރުންގެ މުސާރަ ގުޅުވާ އެމީހަކު ކުރާ މަސައްކަތާ،  އެތަނުގައި ހޭދަކުރާ ވަގުތާ އަޅާކިޔަން ޖެހޭނީ، އޭނަ ނަގައިގެން ހުރި ސަނަދަކަށް ނޫން“ ހަސަން ލަތީފް

މަޖިލީހުގައި މިހާރުވެސް ތައުލީމީ ގޮތުން ޑޮކްރަރޭޓް ފެންވަރުގެ ބޭފުޅުން ތިއްބެވިކަމާއި އެބޭފުޅުން ދައްކަވާ ވާހަކަވެސް އިވިވަޑައިގަންނަވާކަމަށް އެނާ ވިދާޅުވިއެވެ. އަދި އަނެއް ކޮޅުން އެއްވެސް ތައުލީމެއްނެތް ބޭފުޅުން ދައްކަވާ ވަރަށް ރަނގަޅު ވާހަަކަވެސް އަޑުއިވޭކަމަށް އޭނާ ވިދާޅުވިއެވެ. އެހްންކަމުން މީހެއްގެ ޤާބިލުކަމަކީ ތައުލީމާއި ގުޅިފައިވާ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން ޑިމޮކްރެސީގައި އެންމެ ފާހަގަކޮށްލެވޭ އަވައްޓެރި އިންޑިއާގެ ޕާލިމަންޓުގައިވެސް މީހުން ނަގާފައިވަނީ ތައުލީމަށް ބަލާފައިނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ، އެމްޑީޕީން ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ކުރެވުނު މަސައްކަތުގައިވެސް އޭރުވެސް ބައެއް ބޭފުޅުން އެގޮތަށް ވާހަަކަތަކެއް ދެއްކިކަމުގައެވެ. އެހެން ނަމަވެސް އޭރުވެސް ޑްރާފްޓިންގް މަރުހަލާގައިވެސް އެކަމާއި ބައެއް ބޭފުޅުން ދެކޮޅު ހެދިކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އުނިވާރސިޓީ ސަނަދެއް ނެތްކަމުގައި ވީނަމަވެސް މިހާރުވެސް ރައްޔިތުންގެ މަޖިލީހެއްގައި ރައްޔިތުންނަށް ޚިދުމަތް ކުރަން ވަރަށް ރަނގަޅު ބޭފުޅުން އެބަ ތިއްބެވިކަމަށާއި އެފަދަ ފަރާތްތަކަށް އެފުރުސަތު އޮންނަންވާނެކަމަށެވެ.

މަޖިލީހުގައި މެމްބަރުކަން ކުރައްވަން ކޮންމެހެން ޔުނިވާރސިޓީ ޑިގްރީއެއް އޮންނާކަށް ނުޖެހޭނެކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޮޑު އަދަދަކުން ހޮވުމާއި މަޖިލީހުގައި ކެޕް ކުރެވިފައި އޮތުމަކީ މުހިންމު ކަމެއްކަމަށް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މައްޗަށް ނުދާނެހެން ހިފެހެއްޓި ކޮންމެ ފަސް އަހަރަކުން މެމްބަރުން އިތުރުނުވާނޭހެން ތަޅުލެވިފައި އޮތުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

”ރައްޔިތުންގެ މަޖިލީހުގައި ކެޕް ކުރެވިފައި އޮތުމަކީ މުހިންމު ކަމެއް، އަދަދު މައްޗަށް ނުދާނެހެން ހިފެހެއްޓިފައި އޮތުމަކީ މުހިންމުކަމެއް. މިހާރު އޮތް އަދަދުވެސް އަޅުގަނޑަކަށް ގޯހެއް ނޫން، އެއަށްވުރެ އަދި އަދަދު މަދުވިއަސް އަޅުގަނޑަކަށް ގޯހެއްނޫން. އެކަމަކު އަދަދު ކޮންމެ ފަސް އަހަރަކުން މެމްބަރަކު އިތުރުވާގޮތަށް އެހެން ނުވާނެގޮތަށް ތަޅުލެވިފައި އޮތުން އެއީ ވަރަށް މުހިންމު ކަމެއް. އެހެން ނޫނީ އަޅުގަނޑުމެންގެ އާބާދީއާއި ނުބައްދަލު އަދަދަކުން މެމްބަރުން އިތުރުވީމަ އެއާ ގެއްލުވުން މާ ބޮޑުވާނެ، އަދި ކުޑަ އާބާދީއަކުން މެމްބަރުން ހޮވާތީވާ ގެއްލުންވެސް ވަރަށް ބޮޑުވާނެ“ ހަސަން ލަތީފް

އޭނާ ވިދާޅުވީ، އެމްޑީޕީގެ ބޮޑު ބަދަލުގައި މިކަން ހިމެނިފައިވާނެކަމަށެވެ. އަދި ބޮޑު އަދަދެއްގެ ރައްޔިތުންގެ ތެރެއިން މެމްބަރުން ހޮވުން މުހިންމު ކަމަށެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: