ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ޖުލައި މަހުގެ ތެރޭގައި 180 ސްކޭމް މައްސަލަ ފުލުހުންނަށް ހުށަހަޅައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ޖުލައި މަހުގެ ތެރޭގައި 180 ސްކޭމް މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި މައްސަލަތަކުގައި ޖުމްލަ 1,368,844.56 ރުފިޔާގެ މާލީ ގެއްލުން ރައްޔިތުންނަށް ލިބިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން، ޖުލައި މަހު ހުށަހަޅުނު މައްސަލަތަކުގެ 43.33 އިންސައްތަ ނުވަތަ 78 މައްސަލައަކީ މި ބާވަތުގެ މައްސަލަތަކެވެ. މީގެ އިތުރުން ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުމުގެ 36 މައްސަލައަކާއި، ބޭރު ފައިސާ މާރުކުރުމުގެ 20 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.

ފުލުހުންނާއި، ކަމާބެހޭ އިދާރާތަކާއި އަދި މާލީ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން، ގެއްލުނު ފައިސާގެ ތެރެއިން 635,271.17 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ ރިޕޯޓުކުރެވުނު ޖުމްލަ މާލީ ގެއްލުމުގެ ގާތްގަނޑަކަށް 46.41 އިންސައްތައެވެ.

ޖުލައި މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 5.8 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އަދި ކޮންމެ މައްސަލައަކުން އެވަރޭޖުކޮށް 7,604.69 ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ސޯޝަލް މީޑިއާއާއި، އޮންލައިން ވިޔަފާރިކުރާ ޕްލެޓްފޯމްތަކުގެ އިތުރުން މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގެ ނުރައްކާ ބޮޑުކަން ހާމަވާ ކަމެކެވެ.

އޮންލައިން ވިޔަފާރީގެ ސްކޭމްތަކާއި ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ސްކޭމްތަކުގެ އެކު ޖުމުލަ 114 މައްސަލަ ހުށަހެޅިފައިވާއިރު، މިއީ މަހުގެ ޖުމްލަ މައްސަލަތަކުގެ 63.33 އިންސައްތައެވެ. މިއިން ދައްކައިދެނީ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ވެސް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއްކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: