ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޭޓް މިނިސްޓަރުގެ މަގާމުން ފައިރޫޝް އިސްތިއުފާ ދެއްވައިފި

ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވި ފައިރޫޝް
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ އޭނާގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ. ފައިރޫޝް ވިދާޅުވީ، ވަރަށް ބޮޑަށް ވިސްނުމަށްފަހު، މަގާމުން އިސްތިއުފާ ދެއްވަން ނިންމަފާފައިވާ ކަމަށާއި، މިއީ އޭނާ ދައުލަތަށް ހިދުމަތްކުރުމުގެ މި ބާބު ނިމުމަކަށް ގެންނަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

އޭނާ ވަނީ އެ މަގާމުގައި ހިދުމަތްކުރެއްވުމަށް ފުރުސަތު ދެއްވީތީ ޝުކުރު އަދާކުރައްވައި، އެކުގައި މަސައްކަތް ކުރި ފަރާތްތަކާއި މުއައްސަސާތަކަށް ވެސް ޝުކުރުއަދާކުރައްވައިފައެވެ.

މީގެ ކުރިން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ވެސް އަދާކުރެއްވި ފުލުހުންގެ ހިދުމަތުން ފައިރޫޝް ރިޓަޔާކުރެއްވީ 2 ޖެނުއަރީ 2021ގައެވެ.

ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް އައްޔަނުކުރުމުގެ ކުރިން ފައިރޫޝް ހުންނެވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށެވެ. އޭނާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް ބަދަލުކުރީ އޮކްޓޯބަރު 2024ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: