ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޭޓް ފާމަރ ހިމެނޭހެން، އަލަށް އުފެއްދި ކުންފުނިތަކުގައި 889 މުވައްޒަފުން!

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން އަލަށް އުފެއްދި ފަސް ކުންފުންޏަށް ޖުމްލަ 889 މުވައްޒަފުން ނަގާފައިވާ ކަމަށާއި، އޭގެ ތެރޭގައި އެސްޓީއޯއިން ސްޓޭޓް ފާމަސޫޓިކަލް ކުންފުންޏަށް ބަދަލުކުރި މުވައްޒަފުން ވެސް ހިމެނޭކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ކުޑޫ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ، ސަރުކާރުން ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުންފުނިތައް އެއްކޮށްލުމާއި ބައެއް ކުންފުނިތައް އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް އެއް ކުންފުނި އުވާލައި، އިތުރު އެއް ކުންފުނި ލިކުއިޑޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާތަނަށް އުވާލާފައިވަނީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނެވެ. އެ ކުންފުނި އުވާލިއިރު ތިބި 12 މުވައްޒަފުން މިހާރު ވަނީ ސްޕޯޓްސް މިނިސްޓްރީގެ ވަޒީފާތަކަށް ބަދަލުކޮށްފައެވެ. އަދި ވިދާޅުވީ އެކަށީގެންވާ ގޮތެއްގައި ނުހިނގާތީ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލަން 2 ސެޕްޓެމްބަރު 2024 ގައި ނިންމައި، އެ ކުންފުނީގައި ތިބި 10 މުވައްޒަފުންނާއެކު ލިކުއިޑޭޓް ކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށެވެ.

މީގެ އިތުރުން، ސަރަހައްދީ އެއާޕޯޓުތައް ދެކޮޅުޖެހޭ ގޮތަށް ހިންގުމަށްޓަކައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ އެއްކޮށްލުމަށް 28 މޭ 2025 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ އާރްއޭސީއެލްގެ މުވައްޒަފުންނާއި ހިންގުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން މަހަކު ހޭދަކުރަމުން ދިޔަ 10 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށެވެ.

ޒަރީރު ވިދާޅުވީ، މި ސަރުކާރުން އަލަށް އުފައްދާފައިވަނީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނާއި، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް ލިމިޓެޑްގެ އިތުރުން އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ އަދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ކަމަށެވެ.

މި ހުރިހާ ކުންފުންޏަކަށް އަލަށް ނަގާފައިވަނީ 156 މުވައްޒަފުން ކަމަށާއި، އެސްޓީއޯގެ ފާމަސިއުޓިކަލް އަދި މެޑިކަލް ސަޕްލައި ދާއިރާގައި މަސައްކަތްކުރަމުން ދިޔަ 733 މުވައްޒަފުން އަލަށް އުފެއްދި ސްޓޭޓް ފާމާއަށް ބަދަލުކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: