ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލަށް ވައްދާ ސިމްކާޑުތަކުގެ ވެރިފަރާތްތަކަށް ފިޔަވަޅު އަޅަނީ!

މާފުށީ ޖަލުގެ ސެކިއުރިޓީ ޕޯސްޓެއްގައި އޮފިސަރުން ހަރަކާތްތެރިވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުތަކަށް ގަވާޢިދާ ހިލާފަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާމެދު ގާނޫނީ އަދި އިދާރީ ގޮތުން ފިޔަވަޅު އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައި ވަނީ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށާއި، ޖަލުތަކުގެ ތެރެއިން މޯބައިލް ފޯނު ބޭނުންކޮށްގެން ހިންގާ އެކި ބާވަތުގެ ކުށްތަކާއި ސްކޭމްތައް ހުއްޓުވުމަށެވެ. މިފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމު ކުރުމަށް ނިންމިިއިރު، ޖަލަށް މާނާތަކެތި ވެއްދުމުގެ މައްސަލަތައް ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިދީގެން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައިގައި ކަރެކްޝަންސްގެ ބައެއް އޮފިސަރުން ކުށަށް އިއުތިރާފުވެފައި ވެސް ވެއެވެ.

ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި، އެ މައްސަލައިގައި އެކަނި ވެސް ޖަލު އޮފިސަރުންގެ 18 މީހަކު ޖަލަށް މަނާތަކެތި ވެއްދުމުގައި ބައިވެރިވެފައިވެއެވެ. އަދި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އޮޕަރޭޝަނާ ހަމައަށް، އެ އޮފިސަރުންގެ އެކައުންޓުތަކަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާއިރު، މީގެ ތެރެއިން އެއް އޮފިސަރެއްގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ވަނީ ޖަމާވެފަ އެވެ.

ވަގަށް ފޯނުތައް ވައްދައި ބޭނުން ކުރާތީވެ، ޖަލުގައި ޖޭމަރު ހަރު ކުރުމަށް ކުރީ ސަރުކާރުން ފެށިގެން މަސައްކަތް ކުރިނަމަވެސް އޭރު އެކަން ނުވެ އޮތް ސަބަބެއްކަމަށް ބުނެފައި ވަނީ އެކަށީގެންވާ ބަޖެޓެއް ނެތުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: