ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އިތުރުކޮށްފި

~ ކުޅުދުއްފުށި ސިޓީ ~ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށި ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކޮވިޑް-19 ފެތުރުމުގެ ބިރު ބޮޑުވެފައި ވާތީ ކުޅުދުއްފުށީ ކޮވިޑް-19 ޓާސްކު ފޯސްގެ ނިންމުމުގެ މަތިން ބަލި ފެތުރުން ކޮންޓްރޯލު ކޮށް ރައްކާތެރިވުމުގެ ގޮތުން، އެ ރަށުގައި ފުރަތަމަ ކާފިއު އިއުލާނުކުރީ، މި މަހު 21 ވަނަ ދުވަހުގެ މެންދުރު 12:00 ގައެވެ.

ކާފިއުގެ ވަގުތު އިއުލާނުކުރީ، މިއަދުގެ 12:00 އާއި ހަމައަށެވެ.

ނަމަވެސް، ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ފެތުރުމުގެ ބިރު އިންތިހާއަށް ބޮޑުވެފައި ވާތީ، އެ ރަށުގެ ކޮވިޑް-19 ޓާސްކު ފޯސްގެ ނިންމުމުގެ މަތިން އަނެއްކާވެސް މިވަނީ އެ މުއްދަތު އިތުރުކޮށްފައެވެ.

މިކަން ބަޔާންކޮށް، ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ބުރާސްފަތިދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެ ރަށުގައި ހިންގަމުން އަންނަ ކާފިއުގެ މުއްދަތު 7 ދުވަހަށް އިތުރުކޮށްފައިވާކަމަށެވެ.

މި ގޮތުން، ކުޅުދުއްފުށި ކައުންސިލުގެ އިދާރާއިން ބުނީ، މެއި މަހުގެ 01 ވަނަ ދުވަހާއި ހަމައަށް، ހުއްދައެއްނެތި ގެއިން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާކަމަށެވެ.

ކާފިއުގެ މުއްދަތު އިތުރުކުރީ،
ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރާއި، ހާލަތަށް ރިޢާޔަތްކޮށް އެއްތަނަކަށް ޖަމާވެ އުޅުން ހުއްޓުވުމަށާއި، އިޖްތިމާއި ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިން ޤާއިމު ކުރުމަށް ފިޔަވަޅު އެޅުމުގެ ގޮތުންކަމަށް ކުޅުދުއްފުށި ކައުންސިލުން ބުނެފައިވެއެވެ.

އަދި މި ގޮތަށް ނިންމީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެ ކައުންސިލަށް ދެއްވާފައިވާ ބާރުގެ ދަށުންކަމަށް ވެސް ކުޅުދުއްފުށި ކައުންސިލުން ބުނެފައިވެއެވެ.

ކުޅުދުއްފުށި ކައުންސިލުން ވަނީ، ކާފިއު އިޢުލާނު ކޮށްފައިވާ މުއްދަތުގައި ހުއްދައެއްނެތި ބޭރަށް ނިކުމެ އުޅޭ މީހުންނާމެދު ފިޔަވަޅުއަޅަން ނިންމާފައެވެ.

މި ގޮތުން، އެ ކައުންސިލުން ވަނީ، ީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ މީހުންނާއިމެދު އަދަބެއްގެ ގޮތުން މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔައާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާކުރުމަށް ނިންމާފައެވެ.

ކޮވިޑް- 19 އާއި ގުޅިގެން އެ އަތޮޅާއި ހއ. އަތޮޅުގެ ރަށްތަކަށް ވަނީ ނުރައްކާތެރިކަން އިތުރުވެފައެވެ. މި ގޮތުން އެ ދެ އަތޮޅުގެ ބައެއް ރަށްތަށްވަނީ، މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: