ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އިގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑު ލޮޅުމެއް އަރާނެ އެއް ޤައުމަކީ، ދިވެހިރާއްޖެ: ފިނޭންސް މިނިސްޓަރ

ފޮޓޯ:ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑު ލޮޅުމެއް އަރާނެ އެއް ޤައުމަކީ، ދިވެހިރާއްޖެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި. އަމީރު ވިދާޅުވީ، ކޮވިޑް-19 އިގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑު ލޮޅުމެއް އަރާނެ އެއް ޤައުމަކީ، ދިވެހިރާއްޖެކަމަށާއި، ބޭރު ފައިސާ ރާއްޖެއަށް ލިބޭ މިންވަރު މިއަދު މިވަނީ ވަރަށް ބޮޑުތަން ދަށަށްގޮސްފައިކަމަށެވެ.

ރާއްޖޭގެ ސިނާޢަތްތަކަށް ނަަޒަރެއް ދެއްވަމުން އަމީރު ވިދާޅުވީ، ރާއްޖެއިން ބޭރު ޤައުމުތަކަށް މަސް އެކްސްޕޯރޓްކުރާ މިންވަރު ދަށްވުމާއި، ފަތުރުވެރިން ނާންނާތީ ރިސޯޓުތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ބޭރުން ފައިސާ ވަންނަލެއް މަދުވާނެކަމަށެވެ. މީގެ އިތުރުން އަމީރު ވިދާޅުވީ، ރިސޯޓުތައް ބަންދުކުރުމުގެ ސަބަބުން އިމްޕޯރޓް ދަށްވެ، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ދަށަށް ދާނެކަމަށެވެ.

މި ކަންތައްތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ޢާމްދަނީ އަންދާޒާކުރައްވައި އަމީރު ވިދާޅުވީ، ރާއްޖެއަށް ލިބޭ ޢާމްދަނީގެ 15 ބިލިއަން ރުފިޔާ މަދުވާނެކަމަށް ލަފާކުރެއްވޭކަމަށެވެ. މި ގޮތުން އެންމެ ބޮޑު ޢާމްދަނީއެއް ގެއްލިގެންދާނެކަމަށް ބެލެވެނީ ޓީޖީއެސްޓީން ކަމަށް ބެލެވޭކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ކޮމިއުނިޓީ ސްޕްރެޑް ފެނުމާއި ގުޅިގެން ސިއްހީ ދާއިރާއަށް މި އަހަރު ބަޖެޓްކުރި އަންދާޒާއަށްވުރެ 1.6 ބިލިއަން ރުފިޔާ އިތުރަށް ހޭދަވާނެކަމަށް ބެލެވޭކަމަށާއި، ކޮވިޑް-19 އިތުރަށް ފެތުރޭނަމަ މި ބަޖެޓް އިތުރަށް ބޮޑުވެގެންދާނެކަމަށް ވެސް ބެލެވޭ ކަމަށެވެ.

އަމީރު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން އިޤްތިޞާދުގެ އުފެއްދުންތެރިކަން %11.5 ދަށްވާނެކަމަށް ބެލެވޭކަމަށާއި، ނޮމިނަލް ޖީޑީޕީން ބަލައިފިނަމަ އެއީ 81 ބިލިއަންރުފިޔާކަމަށެވެ. އަދި މި ކަމުގެ ސަބަބުން ވަޒީފާގެ ބާޒާރަށާއި، އިންފްލޭޝަނަށް ބަދަލުތަކެއް އަންނާނެކަމަށާއި، ވަޒީފާ ގެއްލޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވާނެކަމަށް ލަފާކުރެއްވޭ ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމަށް އަލިއަޅުވައިލައި އަމީރު ވިދާޅުވީ، މި ހާލަތުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދުވެގެންދާނެކަމަށެވެ. ހަމަ އެހެންމެ ބެޑް ނައިޓްސް %39 ދަށަށް ވެއްޓޭނެކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، މި ހުސްވި މަހުން ފެށިގެން ޚަރަދުތައް ކުޑަކުރަން ފިޔަވަޅު އަޅާފައިވާނެކަމަށާއި، މިހާރު ވެސް 800 މިލިއަނަށްވުރެގިނަ ރުފިޔާ ސަލާމަތް ކުރެވިފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އެހެންނަމަވެސް ޚަރަދުތައް ކުޑަކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް އަޅަން މަޖުބޫރުކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، މުސްތަޤުބަލުގައި އިޤްތިޞާދެއް ހޯދަން ބޭނުންވާނަމަ ސިއްހީ ދާއިރާއަށް ޚަރަދުތައްކޮށްގެން ކޮވިޑް-19 އަރައިގަންނަން ޖެހޭކަމަށާއި، އެހެންނޫންނަމަ އިޤްތިޞާދު ހަމައަކަށް ނޭޅުވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: