ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭސްފުޅިއެއް ގޮވައި މާލޭގައި އަލިފާނުގެ ހާދިސާއެއް، އަނިޔާވި ދެ މީހެއްގެ ހާލު ސީރިއަސް

ޝެއާރކޮށްލާ ކަހަލަދޯ؟

މއ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި، ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެމީހުންގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 5:27 އެހައިކަންހާއިރު ކަމަށް އެ އިދާރާއިން ބުނެއެވެ.

އަދި މި ހާދިސާގައި އަނިޔާވީ 4 ބިދޭސީންނަށްކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. އަދި މި މީހުނަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނިގޮތުގައި އޭގެ ތެރެއިން 2 މީހުންގެ ހާލު ސީރިއަސްއެވެ. އެގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުޤީގު ކުރަމުންދާއިރު 41 މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިން ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭ އިން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވަނީ އެ ހާދިސާގައި އަލިފާން ރޯވި މއ. ދޫގަސްވިލާ ގޭގެ ފަސް ކޮޓަރިއެއްގައި ދިރިއުޅެމުން ދިޔަ 15 ބިދޭސީން ރައްކާތެރިކަމާއެކު އިވޭކުއޭޓް ކޮށްފައިވާ ކަމަށެވެ.

އަދި އިންވެގެން ހުރި އިމާރާތުގެ ފެނުގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން، އެ އިމާރާތުގައި ދިރިއުޅޭ 26 މީހަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެންޑީއެމްއޭ މައުލޫމާތުދެއެވެ. އެއީ 20 ދިވެހިންނާއި 06 ބިދޭސީންނަށެވެ.

އަލިފާން ރޯވި އިމާރާތާއި އިންވެގެން ހުރި އިމާރާތް ކަމަށްވާ މއ.ދޫގަސް 1 ގެ ދެ ތަނުގައި ދިރިއުޅޭ ޖުމްލަ 41 މީހަކަށް އެ ހާދިސާގެ އަސަރުކޮށްގެން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށްއެންޑީއެމްއޭ މައުލޫމާތުދެއެވެ. އަދި އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އަދި ބިދޭސީންނަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ހަމަޖެއްސުމަށްޓަކައި އެ ފަރާތްތަކުގެ ސްޕޮންސަރާ ގުޅައި، މިހާރު ވަނީ ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް އަންގާފައިވާ ކަމަށް މައުލޫމާތުލިބެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: