ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް ޖަލްސާއެއް ތާވަލު ކުރުމަށް ފަހު ކެންސަލް!

ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު އޯގަސްޓު މަހުގެ 27 ގެ ނިޔަލަށް އިތުރުކޮށްފައި ވަނިކޮށް މިއަދު ބޭއްވުމަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.

މިއަދުގެ ޖަލްސާ ކެންސަލްކޮށްފައި މިވަނީ ކައުންސިލްތަކުގެ ބާރުތައް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި އިސްލާހާ ގުޅިގެން އާންމުންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާއިރު އެ ބިލު އަނބުރާ ގެންދިއުމަށް އެދި އާންމުންގެ ގިނަ ބައެއްގެ ސޮއި ހަމަކޮށް މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ.

މީގެ އިތުރުން، މި އިސްލާހު ފާސްކުރުމަށް ތާއީދުކޮށް ސަރުކާރުގެ ފަރާތުން ވެސް ދެ ޕެޓިޝަނެއް މަޖިލީހަށް ވަނީ ވައްދައިފައެވެ.

މަޖިލީހަށް މި ޕެޓިޝަންތައް ހުށަހެޅިފައި ވީނަމަވެސް އެ ޕެޓިޝަންތަކަށް ބެލުމެއް ނެތި ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މެންބަރު އިބްރާހިމް ޝިފާޒް ވަނީ ހުށަހަޅުއްވާފައެވެ. އަދި ލާމަރުކަޒީ ކޮމިޓީން އިއްޔެ ނިންމާފައިވަނީ މިއަދުގެ މެންދުރު 2:00 ގެ ނިޔަލަށް އެ ބިލުގެ މަސައްކަތް އެއްކޮށް ހުށަހެޅުއްވީ އަހުމަދު އައިފާން އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ގެ ރިޔާސަތުގެ ދަށުން ކުރިއަށްދާ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކުރި ސީދާ ސަބަބެއް މަޖިލީހުގެ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: