ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޒިޓް މޯލްޑިވްސްގެ އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ/ ފޮޓޯ: އެމްއެމްޕީއާރުސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވިޒިޓް މޯލްޑިވްސް (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މަގާމުން އިސްތިއުފާ ދިންކަން ޝިއުރީ ކަށަވަރުކޮށްދިން ނަމަވެސް، އޭގެ ސީދާ ސަބަބެއް ހާމައެއް ނުކުރައްވައެވެ. އިސްތިއުފާގެ ސިޓީ ހުށަހެޅުއްވުމުގެ ކުރިން އޭނާ ވަނީ މިއަދުގެ ވަގުތެއްގައި ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވާފައެވެ.

ޝިއުރީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރީ މިއަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.

ފަތުރުވެރިކަން ޕްރޮމޯޓްކުރާ ކުންފުނީގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ޝިއުރީ ވަނީ ތަފާތު އެކި ދާއިރާތަކުން ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން، ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސްކަމާއި، ވޯލްޑް ބޭންކުން ހިންގި ”އެންހޭންސިން އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް“ ޕްރޮޖެކްޓުގެ ސްޓިއަރިން ކޮމިޓީގެ މެންބަރުކަން ވަނީ އަދާކުރައްވާފައެވެ.

މީގެއިތުރުން، އަމިއްލަ ކުންފުންޏެއްގެ ޑިރެކްޓަރ އޮފް ޕްރޮޖެކްޓްސް އެންޑް އިންފްރާސްޓްރަކްޗާގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯޓް ތަރައްގީކުރުމުގެ މުހިންމު މަޝްރޫއުތަކެއް ހިންގުމުގައި ޝިއުރީ އިސް ދައުރެއް އަދާކުރެއްވިއެވެ. އޭގެ ތެރޭގައި ފުވައްމުލައް، ދަރަވަންދޫ، އިފުރު، ކޫއްޑޫ، ކުޑަހުވަދޫ އަދި ކުޅުދުއްފުށި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

ޝިއުރީއަކީ މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: