ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ވޯޓަކީ ވެސް އެ ވޯޓު ދެވޭ މީހާގެ އަދުލުވެރިކަމާއި ގާބިލުކަމުގެ މައްޗަށް ދެވޭ ހެކިބަހެއް: ޝަކީލް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ވޯޓަކީ ވެސް އެ ވޯޓު ދެވޭ މީހާގެ އަދުލުވެރިކަމާއި ގާބިލުކަމުގެ މައްޗަށް ދެވޭ ހެކިބަހެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ވޯޓުލާ މީހުންގެ ދުވަހާ ގުޅުވައިގެން އީސީން ވަނީ ޕޯސްޓުތަކެއް ހިއްސާކުރައްވާފައެވެ. އެގޮތުން ޝަކީލް އެ ޕޯސްޓުތަކުގައި ވިދާޅުވެފައިވަނީ ދިވެހީންނަކީ ސައްތައިންސައްތަ މުސްލިމު ގައުމެއްގެ ބަޔަކަށްވާއިރު މާތްވެގެންވާ އިސްލާމް ދީނުގެ ޢަދުލުވެރި އުސޫލުތަކަށް ނަޒަރު ހިންގާއިރު ވެސް ވޯޓަކީ އަމާނާތެއް ކަމަށެވެ.

އަދި އެ ޙައްގު އަދާކުރުމުގައި ކޮންމެ ރައްޔިތެއްގެ ވެސް ހިތުގައި މާތް ﷲއަށް ބިރުވެތިވުމާއި، ތެދުވެރިކަމާއި، އިޚްލާސްތެރިކަން ބޭއްވުމަށް ޝަކީލް ވަނާ ނަސޭހަތްތެރިވެފައެެޗެ.

ޝަކީލް ވިދާޅުވީ ގައުމުގެ ވެރިކަމަށާއި ރައްޔިތުންގެ މަޖިލީހަށް އަދި ކައުންސިލްތަކަށް ރައްޔިތުންގެ މަންދޫބުން ހޮވުމަށް ދޭ ކޮންމެ ވޯޓަކީ، ގައުމީ ތަރައްގީއަށާއި، ގާނޫނީ ހަމަހަމަކަމާއި، ދައުލަތުގެ މުއައްސަސާތަކުގެ ހަމަޖެހުމަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ވެސް އަސަރު ފޯރުވާނެ މުހިންމު ނިންމުމެއް ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީކޮށް ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރަން ފެށީ 2015 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ނިންމި ނިންމުމާއެކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: