ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެމްބަރުން ވަކިކުރުމުގެ ބާރު ރައްޔިތު މީހާއަށް ދިނުމަށް ގޮވާލާ ޕެޓިޝަނެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ހޮވާ މަޖިލިސް މެމްބަރުން ވަކި ކުރުމުގެ ބާރު އެ ރައްޔިތުންނަށް ދިނުމަށް ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް ހުށައަޅައިފިއެވެ.

ހ، ޕްލިޒެންޓްވިލާ، ކ. މާލެ، މުޙައްމަދު ޖަލާލު ނަސީމް ހުށަހަޅާފައިވާ އީޕެޓިޝަންގައި ވަނީ ފުރިހަމަ ދިމަކުރާތީ ނިޒާމަކަށް ކުރި ދަތުރުގެ ތެރެއިން ދިވެހީންނަށް ލިބުނު އެންމެ ބޮޑު އެއް ބާރަކީ ކޮންމެ ރައްޔިތަކަށްވެސް އެ ރައްޔިތަކު ނިސްބަތްވާ ދާއިރާއަކުން ރައްޔިތުން ތަމްސީލުކުރާނެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ހޮވުމުގެ ބާރު ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާތައް ވަނީ ދާއިރާތަކާއި އެ ދާއިރާތަކުގެ ރައްޔިތުންނާއި ނުހަނު ގުޅިފައިކަން ޕެޓުޝަނުގެ ތަފްސީލްގައި ވެއެވެ.

އޮގަސްޓް 24 ވަނަ ދުވަހު ސޮއިކުރަން ހުޅުވާލި އެ އީޕެޓިޝަނަށް މިހާތަނަށް 500 އަށް ވުރެ ގިނަ ސޮއި ވަނީ ހަމަވެފައެވެ.

އެ ޕެޓިޝަނުގައި ވަނީ 2024 ވަނަ އަހަރު ތަސްދީގުކުރެވެނު އެންޓި ޑިފެކްޝަން ޤާނޫނުގައި ރަނގަޅު ކަންތައްތަކެއް ހުރި ކަމަށެވެ. ނަމަވެސް އެ މެމްބަރު ހޮވި ރައްޔިތުންނަށް އޭނާ ވަކިކުރުމުގެ ބާރު ނުލިބޭއިރު މެމްބަރު ނިސްބަތްވާ ޕާޓީން އެ މެމްބަރު ވަކި ކުރުމުން ގޮނޑި ގެއްލޭގޮތަށް އޮތުން ގޯސްކަމަށް ޕެޓިޝަނުގައިވެއެވެ.

”މެމްބަރު ގޮނޑި އާއި ދުރަށް ލުމުގެ ބާރު އޮންނަން އެންމެ އަޢުލާކަން ބޮޑީ އެ ގޮނޑީގައި މެމްބަރު ބެއިންދި ރައްޔިތުމީހާ އަތުގައެވެ.“ ޕެޓިޝަނުގައިވެއެވެ.

ރިޔާސީ ނިޒާމެއްގައި މަޖިލީހަށް ކުރިމަތިލާ އިރު ނިސްބަތްވާ ޕާޓީ ރަމްޒުކޮށްދެނީ ހަމައެކަނި އޭނާގެ ފިކުރު ހިނގާނެ މައިގަނޑު މިސްރާބު ކަމަށް ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެއްވެސް ހާލެއްގައި މަޖިލީހަށް ހޮވޭފަހުން އޭނާ ގޮނޑީގައި އިނދެ ތަމްސީލުކުރަނީ ޕާޓީއެއް ނޫން ކަމަށާއި ތަމްސީލުކުރަނީ ދާއިރާއާއި އޭނާއަށް ވޯޓު ލީ މީހުންނާއި އަދި ވޯޓު ނުލާ މީހުންކަން ޕެޓިޝަނުގައި ވަނީ ތަފްސީލްކޮށްފައެވެ.

”މަޖިލީހަށް މެމްބަރު ހޮވޭއިރު އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ އެތައް ރައްޔިތުންނެއްވެސް އޭނާއަށް ވޯޓު ދޭނެއެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މެމްބަރު ވަކިކުރުމުގެ ބާރު ސީދާ އެ ދާއިރާއެއްގެ ރައްޔިތުންގެ އަތުގައި އޮތުމެވެ.“

މި ޕެޓިޝަން ހުށައަޅައިފައިވާއިރު މެމްބަރުން ހޮވޭ ގޮތާއި އެ މެމްބަރުން ވަކިކުރެވޭ ގޮތް ހިމެނޭ ޤާނޫނުތައް އިސްލާހުކޮށްދިނުމަށް ވަނީ އެދިފައެވެ. އެގޮތުން މެމްބަރު ނިސްބަތްވާ ދާއިރާގެ ކަނޑައެޅޭ އިންސައްތައެއްގެ، ވޯޓުލެވޭ ރައްޔިތުންގެ ލިޔުމަކުން އެ މެމްބަރު ވަކިކުރުމަށް އެދެފިނަމަ އެ އެދުމާ ގުޅިގެން ރިކޯލް ވޯޓެއް ބޭއްވުމަށް ވަނީ އެދިފައެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން ވަކި ރިކޯލް ވޯޓަކާއި އަނެއްކާ ގޮނޑިއަށް އައު މެމްބަރަކު ހޮވަން ވަކި އިންތިހާބެއް ބޭއްވުމުގެ ބަދަލުގައި ރިކޯލް ވޯޓުގައި މެމްބަރު ވަކި ކުރާނެތޯ ނޫންތޯ ނިންމުމާއި އެކު ވަކި ކުރާނަމަ އެހެން ކެންޑިޑޭޓުންނަށް ވޯޓުލާ ހޮވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ވެސް ވަނީ ހިމަނާފައެވެ.

ތަކުރާރުކޮށް މެމްބަރުންގެ މައްޗަށް ރިކޯލް ވޯޓު ނަގައި ކަމުގެ މަޤްސަދު ގެއްލި ރައްޔިތުންނަށް ބުރައަކަށް ވެދާނެތީ ދައުރެއްގެ ތެރޭގައި މެމްބަރެއްގެ މައްޗަށް ރިކޯލް ނެގޭނެ އަދަދު ކަނޑައަޅައިދިނުމަށް ވެސް ޕެޓިޝަނުގައި ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: