ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ހަފްތާގައި ހިމަބިހީގެ 17 ކޭސް، މިހާތަނަށް 243 ކޭސް ރިޕޯޓުކޮށްފައިވޭ: އެޗްޕީއޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 17 ކޭހެއް މާލެ ސަރަހައްދުން ފެނިފައިވާކަމަށް ހެލްޓު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވަނީ، މިދިޔަ ހަފްތާގައި ހިމަބިހީގެ 17 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެއާއެކު ޖުމްލަ މިއަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު 243ށް އަރާފައިވާ ކަމަށްވެސް އެ އެޖެންސީން ވަނީ ބުނެފައެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ވެކްސިން ޖަހަމުންދާއިރު މިހާތަނަށް 16،045 މީހަކަަށް ވަނީ ވެކްސިން ދީފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީން ނުވާ ފަރާތްތަކުން، ވެކްސިން ދޭ މަރުކަޒަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް އެ އެޖެންސީއިން ވަނީ އެދިފައެވެ. އަދި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް އެކަހެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެެއެވެ. ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ، އެހެން މީހުންނާ ބައްދަލުނުކޮށް އެކަހެރިވުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. މިއީ ބަލި އެކަކު ގައިން އަނެކަކު ގަޔަށް އެރުން ހުއްޓުވުމަށް އެޅޭނެ އެންމެ ފަސޭހަ މަގެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: