ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުގެ ކަޅުބާޒާރުގެ އަގުތައް ރިޕޯޓު ކުރުމުން، މީޑިއާތައް ޖުރިމަނާ ކުރާ ބިލު ފާސްކޮށްފި

ބީއެމްއެލްގެ ހިދުމަތެއް ތައާރަފު ކުރުމުގެ ރަސްމިއްޔާތޔގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ މާރުކުރާ ވާހަކަތަކާއި ކަޅުބާޒާރުގެ އަގުތައް މީޑިއާތަކާއި އެހެން ޕްލެޓްފޯމްތަކުގައި ޝާއިއުކުރުން މަނާކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލަށް މާލިއްޔަތު ކޮމިޓީން ގެނައި މައިގަނޑު އެއް ބަދަލަކީ، ކަޅުބާޒާރުގައި ޑޮލަރު ގަނެވިއްކާ އަގުތައް އިޝްތިހާރުކުރުމާއި، އެފަދަ މައުލޫމާތު އާންމުކޮށް ފެތުރުން ހުއްޓުވުމެވެ. މިގޮތުން ގާނޫނާ ހިލާފަށް ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ މައުލޫމާތު ފަތުރާ އާންމު ފަރާތްތައް 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވިޔަފާރިއަކުން ނުވަތަ ގާނޫނީ ޝަހުސަކުން މިފަދަ އަމަލެއް ކޮށްފިނަމަ 100،000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ ބޮޑު ޖޫރިމަނާއެއް ކަނޑައެޅުމަށް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާ ފަރާތްތައް 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ އިތުރުން ޖިނާއީ ދައުވާ ވެސް އުފުލޭނެ ކަމަށް ބިލުގައި ވެއެވެ.

މި އިސްލާހުގެ ދަށުން ރިސޯޓުތަކުން ބޭންކުތަކަށް ބޭރު ފައިސާ މާރުކުރަންޖެހޭ މިންވަރަށް ވެސް ވަނީ އިސްލާހު ގެނެސްފައެވެ. އެގޮތުން ކުރިން އޮތް ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އުސޫލު އުވާލައި، ރިސޯޓުތަކަށް ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: