ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޖުތިމާޢީ އެހީ ލިބޭ ފަރާތްތަކުން އަލުން ރަޖިސްޓަރީވުމަށް އެންސްޕާއިން އެދިއްޖެ

ފޮޓޯ: އިންޓަނެޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކުގެ ތެރެއިން، މުސްތަޤުބަލުގައިވެސް އެ އެހީ ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކުން ރީ-ރަޖިސްޓްރީވުމަށް އެ އެޖެންސީން ހުޅުވާލައިފިއެވެ.

އެގޮތުން އެންސްޕާއިން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އިޖްތިމާޢީ ރައްކާތެރިކަމުގެ އާންމު ގަވާއިދުގެ ދަށުން ޝަރުތުހަމަވާ ފަރާތްތަކަށް އެހީ ހަމަޖައްސައިދެވޭނީ ގިނަވެގެން 2 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އެހެންކަމުން، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ހިމެނިގެން އެހީ ލިބެމުންދާ މީހުންގެ ތެރެއިން، މެދުކެނޑުމެއް ނެތި އެހީ ކުރިއަށް ގެންދަން އެދޭ ފަރާތްތަކުން 2026 ނޮވެމްބަރު 30 އަށް ވުރެ ކުރިން ’ވަންގޮވް‘ ޕޯޓަލް މެދުވެރިކޮށް އަލުން ފޯމު ހުށަހަޅަންޖެހޭނެކަމަށް އެންސްޕާއިން ކޮށްފައިވާ އިއުލާނުގައިވެއެވެ.

އެންސްޕާގެ އިއުލާނުގައި ވަނީ އެ އުސޫލުގެ ދަށުން އަލުން ރަޖިސްޓަރީވާންޖެހޭ އެހީ ފާހަގަކޮށްފައެވެ. އެގޮތުން، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ މާލީ އެހީއާއި، މައިންބަފައިންގެ އެހީތެރިކަމެއް ނެތި ކުދިން ބަލަހައްޓާ ފަރާތްތަކަށާއި އެ ކުދިންނަށް ދެވޭ އެހީގެ އިތުރުން، ފަގީރު ހާލަތުގައިވާ އާއިލާތަކަށް ކާބޯތަކެތި ގަތުމަށް ފޯރުކޮށްދޭ މާލީ އެހީ ހިމެނެއެވެ.

ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އަލުން ފޯމު ހުށަނާޅާ ފަރާތްތަކަށް އެހީ ދޫކުރުން ހުއްޓޭނެ ކަމަށާއި އަދި އެފަދަ ފަރާތްތަކަށް އަލުން އެހީ ލިބޭނީ އައު ފޯމެއް ހުށަހެޅުމުން، ކަނޑައެޅިފައިވާ އުސޫލުތަކާ މިންގަނޑުތަކަށް އަލުން ރިއާޔަތްކުރުމަށްފަހުގައި ކަމަށް އިއުލާނުގައިވެއެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް ހުކުރު ދުވަސް ހިއްސާ ނުކޮށް، ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް އެންސްޕާގެ ހޮޓްލައިން 1402 އަށް ގުޅުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: