ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ފަލަސްތީނަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު އަރުއްވައިފި

ފަލަސްޠީނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އައު ސަފީރު ޑރ. އިބްރާހީމް ޒުހުރީ،
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭން ފަލަސްތީނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ޑރ. އިބްރާހިމް ޒުހުރީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ފަލަސްތީނުގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓް ޑރ. އަގަބެކިއަން ވަރެސަންއަށް އަރުއްވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވުނު ބައްދަލުވުމުގައި، ސަފީރު ޑރ. ޒުހުރީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސަށާއި ފަލަސްތީނުގެ އަހުވަންތަ ރައްޔިތުންނަށް ހެޔޮ އެދުމާއި ތަހުނިޔާ ރައްދުކޮށްދެއްވާފައެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮންލައިންކޮށެވެ.

އެ ބައްދަލުވުމުގައި ސަފީރު ޒުހުރީ ވަނީ ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ފާހަގަކުރައްވާފައެވެ. އަދި ސަފީރުގެ ދައުރުގެ ތެރޭގައި އެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މައްސަލައިގައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހީން އަބަދުވެސް ދެމިތިބިކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އަދި ފަލަސްތީނަކީ މިނިވަން އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ގައުމެއްކަން ދިވެހިރާއްޖެއިން ގަބޫލުކުރާ ކަމަށާއި، އެ ގައުމުގެ ބޯޑަރު ކަނޑައަޅަންވާނީ 1967 ކުރީގެ ބޯޑަރަށް ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ކަނޑައެޅުމާއެކު ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރެވެން ޖެހޭކަމަށް ވިދާޅުވިއެވެ.

ފަލަސްތީނުގެ ހާރިޖީ ވަޒީރު ވަނީ ސަފީރުކަމުގެ މަގާމަށް ޑރ. ޒުހުރީ އިސްކުރެއްވުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: