ހުރިހާ ދިމާލަކަށް ބަލާލިޔަސް މިހާރު ގައުމު ދަނީ ތަރައްގީވަމުން ކަމަށާއި، އެހެންކަމުން ޑޮލަރު ނެތް ކަމަށް ބުނެ ގައުމުގެ އިގްތިސާދާ ގުޅުވާ އިދިކޮޅު ފަރާތްތަކުން ދައްކަނީ ތާކުންތާކު ޖެހޭ ވާހަކަތަކެއް ނޫން ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި، ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ގައުމުގެ އިގްތިސާދާ ގުޅުވާ އިދިކޮޅު ފަރާތްތަކުން ކޮވިޑް19 ގެ ހާލަތާއި މިހާރު މެދުއިރުމަތީގެ ހަނގުރާމައާއި އަޅާކިޔާއިރު، 2020 ވަނަ އަހަރު ކޮވިޑްގެ ހާލަތުގައި ގައުމު އޮތީ ހުއްޓިފައި ކަމަށެވެ. އެހެންނަމަވެސް އެއާ ހިލާފަށް މިހާރު ގައުމު ދަނީ ތަރައްގީވަމުން ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، މިއީ ތަފާތު ދެ ހާލަތެއް ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން އެ ދައްކަމުންދާ ވާހަކަ އެއްވެސް ވަރަކަށް ހަމަނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ކޮވިޑްގެ ހާލަތުގައި އޭރު ސަރުކާރުން ހިންގަން ބޭނުންވި އެތަކެއް މަޝްރޫތަކަކާއި ޕޮރޮޖެކްތްތަކެއްވެސް ހުރީ ހުއްޓުމަކަށް އައިސްފައި ކަމަށާއި ދަތުރުފަތުރު ނުކުރެވި އެންމެންވެސް ތިބީ ގޭބަންދުގައި ކަމަށެވެ. އެހެންނަމަވެސް މިހާރު ހުރިހާ ދިމާލަކަށް ބަލާލިޔަސް ގައުމު މިދަނީ ތަރައްގީވަމުން ކަމަށާއި އެގޮތުން ސަރުކާރުން އެތަކެއް ބައިވަރު ޕްރޮޖެކްޓްތަކެއް ހިންގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
”ކޮވިޑުގެ ހާލަތުގައި އެންމެން ތިބީ ގޭ ދަންދުގައި. އެއްވެސް ދަތުރުފަތުރެއްވެސް ނުހިނގާ. ގައުމު އޮތީ ހުއްޓިފައި. ގައުމުގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެފަ ހުރީ. އެކަމަކު އެހެނެއް ނޫން މިހާރު. ގައުމުގެ އިގްތިސާދު މިދަނީ މިނިވަންކަމާއެކު އޮޕަރޭޓުވަމުން. އެހެންވީމަ އެބޭފުޅުން ތި ކޮމްޕެއާރ ކުރައްވާ އެއްޗަކާ މިއަކާ ނުއެއް ގުޅޭ،“ ޖާބިރު
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅުވާ އެއްވެސް މީހަކަށް ދަތުރުކުރުމަށް ހުރަހެއް ނެތި އެމީހަކު ބޭނުންވާ ގައުމަކަށް ދަތުރުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ، ދަތުރުވެސް ކުރެވެނީ ”ޑޮލަރު“ ހުރެގެން ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ޑޮލަރެއް ނެތް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް ވަރަކަށް ދެކޮޅު ނުޖެހޭ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
”ބައިވަރު ޕޮރޮޖެކްޓު އެބަ ހިނގާ. ބައިވަރު މީހުން ރާއްޖެއިން ބޭރަށް އެބަ ދަތުރުކުރޭ. ކޮވިޑްގެ ހާލަތުގައި ކޮންތާކަށްތޯ ދަތުރުކުރީ؟ ކީއްކުރަންތޯ ޑޮލަރު ބޭނުންވަނީ؟ އެހެންވީމަ އެއީ ތާކުންތާކު ނުޖެހޭ ވާހަކަ. ރާއްޖޭގެ އެންމެންވެސް ޤަބޫލުކުރާނެ އަޅުގަނޑު މިދެއްކީ ރަނގަޅު ވާހަކަ ކަމަށް،“ ޖާބިރު
ޖާބިރު މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ދެ ކާރިސާ ކަމަށްވާ ސުނާމީ ކާރިސާއާއި، ކޮވިޑް-19 ގެ އާލަމީ ވަބާގައި ބޯޑަރު ބަންދުކޮށްގެން ތިބި އުނދަގޫ ދަނޑިވަޅުގައިވެސް އިގްތިސާދު ރަނގަޅު ކުރުމަށް ކަމަށް ބުނެ މުވައްޒަފުން ވަޒީފާއިން ނުކަނޑާ ކަމަށާއި ޑޮލަރުގެ ތާށިކަމެއް ދިމާނުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

