ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީ- ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލު ކުރަނީ!

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހިންގަމުންދާ ނޫސް މަޖައްލާތަކުގެ ތެރެއިން އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓްރީ ނުކުރާ ތަންތަނުގެ ރަޖިސްޓްރީ ބާތިލުކުރަން ނިންމައިފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިކަން ހާމަކުރީ އެ ކޮމިޝަނުން އަލަށް އެކުލަވާލައި ޢަމަލުކުރަން ފެށި ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ އައު ގަވައިދާ ގުޅޭގޮތުން ނެރުނު ބަޔާނުގަ އެވެ.

ކުރިން ކަމާބެހޭ ވުޒާރާތަކުން ބަލަހައްޓަމުން އައި ނޫސް މަޖައްލާތަކުގެ ދަފްތަރު ބެލެހެއްޓުމާއި ރަޖިސްޓްރީ ކުރުމުގެ އެންމެހައި މަސްއޫލިއްޔަތުތައް، އައު ގާނޫނުގެ ދަށުން ވަނީ މީޑިއާ ކޮމިޝަނާ ހަވާލުކޮށްފައެވެ. އެ ކޮމިޝަނުން އެކުލަވާލި އައު ގަވާއިދުގައިވާ ގޮތުން، ގަވާއިދަށް އަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ހިންގާ ހުރިހާ ނޫސް މަޖައްލާތަކެއްގެ މައުލޫމާތު އަދާހަމަކޮށް، އަލުން ރަޖިސްޓްރީވާން ޖެހެއެވެ. އެ މުއްދަތު ހަމަވާނީ އަންނަ އޮކްޓޯބަރު މަހުގެ 27 އަށެވެ.

މި ގަވާއިދުގެ ދަށުން މީޑިއާތައް މައިގަނޑު ހަތަރު ގިންތިއަކަށް ވަނީ ބަހާލާފައެވެ. އެއީ ނޫސް، މަޖައްލާ، ނިއުސް ލެޓަރ އަދި ޖާނަލްއެވެ. އަދި މި ބާވަތްތައް ޕްރިންޓްކޮށްގެންނާއި، ވެބްސައިޓް، މޯބައިލް އެޕްލިކޭޝަން، ސޯޝަލް މީޑިއާ އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހިންގުމުގެ އިހުތިޔާރު ވަނީ ދީފައެވެ.

މީގެއިތުރުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވެސް ނޫސް މަޖައްލާ ހިންގުމުގެ ފުރުސަތު ލިބޭއިރު، ވަކި މުއައްސަސާއެއްގެ އެތެރޭގެ ބޭނުމަށް ނެރޭ ލިޔުންތައް މީގެ ތެރެއިން އިސްތިސްނާވާނެއެވެ.

އައު އުސޫލުގެ ދަށުން ނޫސް މަޖައްލާތަކަށް ރަޖިސްޓްރީ ދޫކުރާނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އައުކުރަން ހުށަހަޅަންޖެހޭނެއެވެ.

މީގެ އިތުރުން އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ޝާއިއުނުކޮށް 12 މަސްދުވަސް ވެއްޖެނަމަ އެތަނެއްގެ ރަޖިސްޓްރީ އަމިއްލައަށް ބާތިލުވާނެކަމަށް ވެސް ކަނޑައަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: