ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއޯއީތައް އިސްލާޙުކުރުމަކީ އިސްރާފު ކުޑަކުރުމަށް ރައީސް ނިންމެވި މުހިންމު ނިންމެވުމެއް: ފަހުމީ

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ އިސްލާހުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުންތަކަކީ، އިސްރާފު ކުޑަ، ވަރުގަދަ އަދި މާލީ ގޮތުން ދެމެހެއްޓެނިވި ދައުލަތުގެ ހިދުމަތުގެ ދާއިރާއެއް ބިނާކުރުމަށް އެޅުނު މުހިންމު ނިންމެވުންތަކެއް ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ ނިންމެވުންތަކަކީ ރަނގަޅު ނިންމެވުންތަކެއް ކަމަށެވެ. އަދި އެ ނިންމެވުމުގެ ސަބަބުން އެސްއޯއީތަކުގެ މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރެވި، ބޭކާރު ހަރަދުތައް ނައްތާލެވި، ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކުރުމުގެ އިތުރުން، ގައުމީ އިސްތިރާޖީ މިލްކުވެރިކަން ވަރުގަދަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ނިންމުމަކީ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތްތައް ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ނިންމުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”މިއީ ކާރިސާދާރުކަމާއި، ޒިންމާދާރުކަން އިތުރުކޮށް ދިވެހި ރައްޔިތުންނަށް އެންމެ ހެޔޮއެދޭ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ނިންމުމެއް،“ ފަހުމީ

ފަހުމީ ވިދާޅުވީ، މާނަ ހުރި އިސްލާހީ ބަދަލުތަކެއް ގެނެވޭނީ އުނދަގޫ ނިންމެވުންތައް ނިންމައިގެން އެކަންކަން ތަންފީޒުކުރުމުގެ އަޒުމުގައި ކަމަށެވެ. އަދި މިއީ ސާފު މަގްސަދެއްގައި ގެނެވޭ އިސްލާހީ ނިންމެވުންތަކެއް ކަމަށް ވިދާޅުވިއެވެ.

ފަހުމީ މިހެން ވިދާޅުވެފައިވާއިރު، ފެނަކައާއި އާރުޑީސީ އުވާލައި ސްޓެލްކޯ އަދި އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ހޯމަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ފެނަކައިގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާފައިވާ އިރު އެކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުންވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އެހެންކަމުން ފެނަކަ ރަނގަޅު ކުރުމަށް ޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ކަމަށާއި އެހެންނަމަވެސް އެކަމަކީ ދިގު މުއްދަތައް ކުރެވޭނެ ކަމަކަށް ނުވާތީ ފަންނީ ބޭފުޅުންގެ ލަފަޔާއެކު މަސައްކަތްތައް ސްޓެލްކޯއަށް ބަދަލުކުރަން ނިންމީ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: