ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލްނީނޯގެ ނުރައްކާ: ދިމާވެދާނެ ކާރިސާތަކުން ރައްކާތެރިވުމަށް އެންޑީއެމްއޭގެ އިލްތިމާސް!

މާލެއަށް ހޫނުގަދަ ދުވަހެއްގައި ރަސްފަންނުގެ ހަޓެއް ދަށުގައި ހުރި ޖޯއްޔެއްގައި ބަޔަކު މީހުން އިށީނދެގެން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އުފެދި، ބާރުގަދަވަމުން އަންނަ މޫސުމީ ހާދިސާ ”އެލްނީނޯ“ ގެ ނޭދެވޭ އަސަރުތައް ރާއްޖެއަށް ފޯރަމުންދާތީ، ކުރިމަތިވެދާނެ ކާރިސާތަކަށް ދުރާލައި ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެންޑީއެމްއޭ އިން ބުނީ، ދުނިޔޭގެ މޫސުމަށް އަންނަ މި ބޮޑު ބަދަލުގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކަށް އެކި މިންވަރަށް ނުރައްކާތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން، ކުރިމަތިވެދާނެ ނުރައްކާތައް ދުރާލައި ދެނެގަނެ، ކާރިސާގެ ހާލަތެއްގައި ވެސް ޒަރޫރީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިތަކާއި މުއައްސަސާތަކުން ”ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން“ އެކުލަވައިލުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ. އަދި ރައްޔިތުންނަށް ބޭނުންވާ މުދަލާއި ތަކެތި ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މޫސުމީ ލަފާކުރުންތަކުގެ މައްޗަށް ބިނާކޮށް ދުރާލައި ފިޔަވަޅު އެޅުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

މީގެއިތުރުން، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އދ. ގެ އެޖެންސީ ޔޫއެންޑީއާރުއާރުއިން ކުދި އަދި ބޮޑެތި ވިޔަފާރިތަކަށް އެކުލަވާލާފައިވާ އުސޫލުތަކަށް އަމަލުކުރުމަށް ވެސް އެންޑީއެމްއޭ އިން ވަނީ އެދިފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި ރާއްޖޭގެ ފިނިހޫނުމިން އާންމު މިންގަނޑަށް ވުރެ މަތިވާނެއެވެ.

ވާރޭވެހުމުގެ ނިޒާމަށް އަންނަ ބަދަލުތަކަށް ބަލާއިރު، މާލެ އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހިމެނޭ މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް އާންމުކޮށް ވާރޭ ވެހޭ ވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް ވެހޭ ވަރަށް ވުރެ މަދުންނެވެ.

މި ބަދަލުތަކުގެ ސަބަބުން އިގްތިސާދަށާއި ތިމާވެއްޓަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ލަފާކުރެވެއެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ދިއުމަކީ ފަރުތަކުގެ ދިރުމަށާއި މުރަކަތަކަށް ލިބޭނެ ބޮޑު ގެއްލުމަކަށް ވާއިރު، ކަނޑުގެ އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ. އަދި ދެކުނުގެ ބައެއް ސަރަހައްދުތަކުގައި ވާރޭ ނުވެހި ހަނަފަސްވުމުގެ ސަބަބުން ދަނޑުވެރިކަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

ޕެސިފިކް ކަނޑުގެ ސަތަހައިގެ ފިނިހޫނުމިން މިހާރު ވެސް އާންމު ހާލަތަށް ވުރެ ދެ ޑިގްރީ ސެލްސިއަސް މަތީގައި ހުރިއިރު، ރާއްޖޭގެ މާހައުލުންނާއި ކަނޑުތަކުން ވެސް މި ބަދަލުތަކުގެ އަސަރު މިހާރު ދަނީ ފެންނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: