ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހަކު 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ 60،000 އަށް ވުރެ ގިނަ މީހުން އެބަތިބި: މީރާ

ފޮޓޯ: މީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަހެއްގެ މައްޗަށް 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ 60،000 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އެބަތިބި ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރު ނިމުނުއިރު އިންކަމް ޓެކްސް ދެއްކުމަށްޓަކައި ޖުމްލަ 86,637 ފަރާތެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި އޭގެ ތެރެއިން 60،489 މީހުންނަކީ ވަކިވަކި ފަރުދުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކެވެ.

އިންކަމް ޓެކްސް ދައްކާ މީހުންގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރެއިން އެންމެ ގިނައީ އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކެވެ. އަދި ލިބޭ މުސާރައިން ޓެކްސް ދައްކާ ފަރާތްތަކުގެ އަދަދަކީ 23،098 އެވެ.

މީރާއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ތެރޭގައި ވަކިވަކި ފަރުދުންގެ އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 172 މިލިއަން ރުފިޔާ ގެ އާމްދަނީއެއް ލިބިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: