ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންކަރިންގެ ހިދުމަތުން 80 މިލިއަން ޑޮލަރުން އާމްދަނީއެއް ވަނީ ލިބިފައި: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ބަންކަރިން ހިދުމަތުން މިހާތަނަށް 80 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ތިން މިނިސްޓްރީއަކުން ގުޅިގެން ބޭއްވި ޕްރެސްގައި މިނިސްޓަރ ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތުން މިހާތަނަށް 80 މިލިޔަން ޑޮލަރު ލިބިފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއީ މީގެ ކުރިން ރާއްޖެއަށް ވަތް ރެވެނިއުއެއް ނޫންކަމަށާއި މި އާމްދަނީ އެއަށް ވުރެ މަތިވުމަކީ ކުރެވޭ އުންމީދެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ތެރެއިން ކުރެވެމުންދަ މަސައްކަތުން އުންމީދު ދަނީ ބޮޑުވަމުން ކަމަށާއި އެއްވެސް ކަހަލަ ބަނދަރެއް އުތުރުގައިވެސް ނެތި ފެށީ މި މަސައްކަތް ކަމަށެވެ. ރާއްޖޭގެ ކަނޑު ހުރަސްކޮށް ދަތުރުކުރާ ބޯޓުފަހަރަށް އެ ހިދުމަތް ދޭންޖެހޭ ކަމަށް ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އަމަލީ މަސައްކަތް ފެށެން ގާތްވަމުން ދާ ކަމަށެވެ.

2024 ވަނަ އަހަރު ސެޕްޓެންބަރު މަހު ފެށި މި ޚިދުމަތަކީ އޮފްޝޯކޮށް އެކަމަށް ޚާއްސަ ބޯޓެއް ގެނެސް އެސްޓީއޯ މެދުވެރިކޮށް ދޭ ޚިދުމަތެކެވެ. މި ޚިދުމަތް ފެށިފަހުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެ، ލިބޭ ޖުމްލަ އާމްދަނީ އަންނަނީ އިތުރުވަމުންނެވެ.

ބަންކަރިންގެ ޚިދުމަތުން މަހުން މަހަށް ލިބޭ އާމްދަނީވެސް އަންނަނީ އިތުރުވަމުންނެވެ. ބަންކަރިން ޚިދުމަތް ފެށި ފަހުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި، ލޯ ސަލްފަރ އޮއިލްއިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: