ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބުގައި އެމީހަކު ދިރިއުޅޭ ރަށަށް ވޯޓު ލެވޭ ގޮތް ހަދަން އެމްޑީޕީ ކޮންގްރެސްއަށް ގަރާރެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލް އިންތިޚާބުގައި އެމީހަކު ދިރިއުޅޭ ރަށަށް ވޯޓު ލެވޭ ގޮތަށް އުސޫލުތައް ބަދަލުކުރުމަށްޓަކައި މަސައްކަތްކުރުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްއަށް ”ބޮޑުބަދަލު“ ގެ ފަރާތުން ގަރާރެއް ހުށަހަޅަން ނިންމައިފިއެވެ.

އަންނަ މަހުގެ އެކަކުން ތިނަކަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްއަށް މި ގަރާރު ހުށަހަޅުއްވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއެވެ. މި ގަރާރަށް ތާއިދުކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެ ޕާޓީގެ މެމްބަޝިޕް ކޮމިޓީގެ ކޯ-ޗެއާ އިލްޔާސް ލަބީބެވެ.

އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިހާރު އޮންނަ އުސޫލުން އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ އިންތިޚާބީ ދާއިރާއަށް ވޯޓު ދިނުމުގެ ބަދަލުގައި، އެމީހަކު ދިރިއުޅޭ ދާއިރާއެއްގެ ކައުންސިލަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ފުރުސަތު ހޯދައިދިނުމަށް ދިރާސާތައް ކުރަންޖެހެއެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ލިބޭނީ އެމީހަކު ހިދުމަތް ހޯދާ ކައުންސިލެއްގެ ކައުންސިލަރުން އިންތިހާބުކުރުމުގެ ފުރުސަތު ލިބިގެން ކަމަށް ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އޭގެއިތުރުން، ރައްޔިތުންގެ މަޖިލީހަކީ ދެ ގޭގެ މައްޗަށް އެކުލެވޭ މުއައްސަސާއަކަށް ބަދަލުކުރުމަށްޓަކައި ދިރާސާތައް ކުރުމަށާއި، އޭގެ ތެރެއިން މަތި ގެއަކީ އެކިއެކި ފަންނުތަކުގެ މީހުން ހިމެނޭ ތަނެއްގެ ގޮތުގައި ހެދުމަށް މި ސިޔާސަތުގައި ވަނީ ހިމަނައިފައެވެ. އަދި ދައުލަތުގެ މަގާމުތަކަށް އިންތިހާބުކުރެވޭ މީހުން އެމީހުންގެ ދައުރުގެ ތެރޭގައި ވަކިކުރުމުގެ ފުރުސަތު ނުވަތަ ރީކޯލް ވޯޓަކަށް ދިއުމުގެ ފުރުސަތު ރައްޔިތުންނަށް ހޯދައިދިނުމަށް ވެސް ހުށަހަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: