ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ނައު އެޕް، ކޮންމެހެންވެސް އަޅަންވާނެ!

ދިރާގުން މުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ކަންތައްތަކާ ގުޅޭ ތަފާތު ކޮންޓެންޓް ހިމެނޭ ގޮތަށް "ނައުއެމްވީ" ގެ ނަމުގައި ހާއްސަ މޮބައިލް އެޕްލިކޭޝަނެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޖިޓަލް ކުންފުނި، ދިރާގުން މުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ކަންތައްތަކާ ގުޅޭ ތަފާތު ކޮންޓެންޓް ހިމެނޭ ގޮތަށް ”ނައުއެމްވީ“ ގެ ނަމުގައި ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފި އެވެ. 

ނަމާދު ގަޑިތަކާއި، މީރު ކާއެއްޗެހީގެ ރެސިޕީތަކާއި، ދިރިއުޅުމުގެ އެކި ކަންކަމާބެހޭ ހަބަރުތަކާއި، މުހިންމު ކަންތައްތަކަށް ރިމައިންޑަ ސެޓް ކުރުން ފަދަ ކަންތައްތަކަކީ ފޯނުން ނުވަތަ ޑިޖިޓަލް ޑިވައިސްތަކުގައި ހުންނަ ތަފާތު އެޕްލިކޭޝަންތައް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ކޮންމެ މީހަކު ކޮށް އުޅޭ ކަންތަކެވެ.

މި ދުވަސްވަރަކީ ހުރިހާ ކަމެއްހެން ގޭގައި ރައްކާތެރިކަމާއެކު ތިބިގެން ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް ކުރަން ޖެހިފައިވާ ދުވަސްވަރަކަށް ވީ ހިނދު، ދިރާގުން ބޭނުންވީ ދިރާގު ”ނައުއެމްވީ“ އެޕް މެދުވެރުކޮށް އެއް އެޕްލިކޭޝަނުން އަނެއް އެޕްލިކޭޝަނަށް ދާން ނުޖެހި، އެއް ތަނަކުން ފަސޭހަކަމާއެކު، މި ހުރިހާ ކަމެއް ކުރެވޭނެ ފަދަ ނިޒާމެއް ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އެޕް މިހާރު އެޕް ސްޓޯ އަދި ގޫގުލް ޕްލޭ ސްޓޯ އިން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ. މި އެޕް ބޭނުން ކުރުމަށް ކޮންމެހެން ދިރާގު ކަސްޓަމަރަކަށް ވާކަށް ނުޖެހެނޭއެނެވެ.

އެޕްގައި ރޯދަ މަހަށް ހާއްސަ ގިނަ ފީޗާ ތަކެއް ވެސް ހިމެނެއެވެ. އެގޮތުން ”ނައުއެމްވީ“ އެޕް މެދުވެރިކޮށް ނަމާދު ގަޑިތަކުގެ ނޮޓިފިކޭޝަން ސެޓް ކޮށް، ރޯދަ ވީއްލަން ތައްޔާރުކުރާނެ ކާއެއްޗެހީގެ ރެސިޕީ ހޯދައި އަދި ރޯދަ ޓްރެކް ކުރެވެ އެވެ.

މީގެ އިތުރުން ނައު އެޕް މެދުވެރިކޮށް، ”ދިރާގު ޕޭ“ ގެ ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ބައެއް ހާއްސަ ފީޗާތައް
• މާލޭގެ އިތުރުން ހުރިހާ ރަށްރަށެއްގެ ނަމާދުގަޑިތައް އަންގައިދީ އަދި ކޮންމެ ނަމާދެއްގެ 5 މިނަޓު ކުރިން ނަމާދު ކުރުމަށް ރިމައިންޑަރ ސެޓް ކުރެވި ނަމާދު ކުރެވޭ މިންވަރުވެސް ޓްރެކް ކުރެވޭނެ

• ރޯދަ ހިފޭ ވަރު ޓްރެކް ކުރުންމީރު ކާއެއްޗެހީގެ ރެސިޕީތައް. މީގެ ތެރޭގައި، ދިރާގުން މީގެ ކުރިން ރޯދަ މަހާ ގުޅިގެން ގެނެސްދީފައިވާ ”ދިވެހިންގެ ރަހަ“ ޝޯވގެ ވީޑިއޯތައްވެސް މި އެޕްގައި ހިމެނޭނެ

• ޑެލިވާ ކޮށްދޭ ރެސްޓޯރަންޓް ތަކުގެ މެނޫ އަދި ގުޅޭނެ ނަންބަރުތަކުގެ އިތުރުން ރެސްޓޯރެންޓް ތަކާއި ކެފޭތައް ރޭޓްކޮށް ރިވިއު ކުރެވުން
ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުން

•ފިޓްނަސް ވީޑިއޯ ކްލިޕްސް އަދި ރާއްޖޭގެ މަޝްހޫރު އޮންލައިން މަޖައްލާތަކުގެ ބައެއް އާޓިކަލްތައް މިބައިގައި ހިމެނޭނެ

• ޑޮނޭޝަން، މޫސުން އަދި ދަތުރު ފަތުރާއި އިވެންޓްސް އާ ބެހޭ މައުލޫމާތު ލިބޭ ފީޗަރތައްވެސް މި އެޕްލިކޭޝަންގައި އެކުލެވިގެންވޭ

ކުރިއަށް އޮތްތަނުގައި އެޕް އިތުރަށް ފުރިހަމަކޮށް ކަސްޓަމަރުން ބޭނުންވާ ފަދަ ފީޗަރތައް ހިމެނުމުގެ މަސައްކަތް ދިރާގުން ދަނީ ކުރިއަށްގެންދަމުން ކަމަށް ދިރާގުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: