ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ ކަންބޮޑުވުންތަކާއެކު ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނަގާ ގާނޫނު އަނެއްކާވެސް ބަދަލުކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ޓީޖީއެސްޓީގެ ގާނޫނަށް ވަރަށް އަވަހަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ބޭއްވި ހަފްލާގައި އަމީން ވިދާޅުވީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ޤާނޫނަށް ބަދަލުތަކެއް ގެނައުމަށް ނިންމަވާފައިވާކަމެވެ. މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ 2 މަސް ދުވަހުގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ޑެސްޓީނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ދެއްކުމުގެ އިތުރު ބައިތަކެއް ހިމަނައިގެން ގާނޫނަށް ގެނެއި ބަދަލުތަކެއް ކަމަށްވެސް އަމީން ވަނީ ވިދާޅުވެފައެވެ.

އަމީން ވިދާޅުވީ އެކަމާ ގުޅިގެން އިންޑަސްޓްރީގެ އެކި ފަރާތްތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށާއި އަދި ޓްރެވަލް އެޖެންޓުންގެވެސް ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އިންޑަސްޓްރީގެ އިސް މީހުންނާއި އަދި ޓްރެވަލް އެޖެންޓުންގެ ވަރަށް ގިނަ ފަރާތްތަކުން ރައީސްއަށް ރިކުއެސްޓުތަކެއް ކުރައްވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

”މިވަގުތު ރައީސް ނިންމަވާފައިވަނީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ޤާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެނައުމަށް“

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމުގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ޖީއެސްޓީ ގާނޫނު) ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޮގްސްޓު މަހުގެ ތެރޭގައެވެ. ބިލުގައި ބުނެފައިވަނީ، މިއީ ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމުގެ ގޮތުން ގެންނަ ބަދަލުތަކެއް ކަމަށެވެ. މިއީ މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުން ހުށަހެޅި ކަމެކެވެ.

ބިލާއެކު ދައުލަތުގެ އާމްދަނީއަށް އޯވަސީސް ޓްރެވަލް އޭޖެންޓުންގެ އަތުން 299.3 މިލިއަން ރުފިޔާ އަދި ބޭރުގެ ޓުއަ އޮޕަރޭޓަރުންގެ އަތުން 1.3 ބިލިއަން ރުފިޔާއާއެކު އަހަރަކު މުޅި ޖުމްލަ 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ.

މި ބިލު ރައީސް ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓު 31ގައެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން އެމްޑީޕީއާއި އަދި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތައް ހިމެނޭހެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. އަދި އޭރު މަޖިލީހުގައި ބިލު އޮތް އިރު އެކަމާއި ދެކޮޅަށް ޕެޓިޝަނެއްވެސް ހުށައެޅިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: