ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޅަނދުތަކުން ތިލަފުއްޓަށް ކުނި ވަކިކޮށްގެން ގެންދަން އިލްތިމާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީ ފެސިލިޓީއަށް ކުނި ގެންދާ އުޅަނދުފަހަރުން ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ކުނި ވަކިކޮށްގެން ގެންދިއުމަށް ވެމްކޯއިން އިލްތިމާސްކޮށްފިއެވެ.

ތިލަފުށީ ފެސިލިޓީން ޚިދުމަތް ދިނުމުގައި އަމަލުކުރަމުންދާނީ މިންގަނޑާ އެއްގޮތަށް ކުނި ގިންތިކޮށް ވަކިކޮށްގެން ގެންނަ ދޯނިފަހަރަށް އެކަނި ކަމަށް ވަނީ ހާމަކޮށްފައެވެ.

ކުނި ވަކިނުކޮށް ގެނައުމަކީ ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، ތިލަފުއްޓަށް ގެންދާ ކުނީގެ ތެރޭގައި ހިމެނޭ ގަސްކުނި، ބަދިގެކުނި، ޕްލާސްޓިކް، ދަގަނޑު، ލަކުނޑި، އަދި ބިއްލޫރި ފަދަ ބާވަތްތައް ވަކިކޮށްގެން ގެންދިއުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، އުޅަނދުފަހަރަށް ކުނި ބަރުކުރުމުގައި ޖަމްބޯ ބޭގު ނުވަތަ ކާގޯ ނެޓު ބޭނުންކުރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް ކުނި ގެންނަ އުޅަނދުފަހަރަށް ފެސިލިޓީން ޚިދުމަތް ނުދީ އަނބުރާ ފޮނުވާލެވޭނެއެވެ. އަދި އުސޫލާ ޚިލާފުވާ އުޅަނދުތަކުގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކަށް ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: