ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެގްރޯނެޓްގެ އެމްޑީކަމަށް ކުރީގެ މެންބަރު ސިނާން!

ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު ސިނާން: -- ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އައްޔަނުކޮށްފި އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އަންނަ އެގްރޯނެޓްގެ އެންމެ އިސް ވެރިޔާގެ މަގާމަށް ސިނާން ހަމަޖައްސާފައި ވަނީ މިއަދު ބޭއްވި މިފްކޯގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި އެގްރޯނެޓްގެ ޗެއާމަންގެ މަގާމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް ވަނީ ހަމަޖައްސަވާފައެވެ.

އެގްރޯނެޓްގެ އިސް މަގާމަކަށް ސިނާން އައްޔަނު ކުރީ، ޕީއެންސީގެ ޓިކެޓުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެން މެންބަރުކަން ކުރައްވަމުން ގެންދަވަނިކޮށް، ސާބިތު ދަރަންޏެއްގެ މައްސަލައިގައި އޭނާގެ ގޮނޑި ގެއްލުމުންނެވެ.

އެއަށްފަހު ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ޕީއެންސީގެ ޕްރައިމެރީގައި ވާދަކޮށް، އެ އިންތިހާބު ކާމިޔާބު ކުރި ނަމަވެސް ފަހުން އޭނާ ވަނީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައި ޓިކެޓު ދޫކޮށްލާފަ އެވެ. އެހެންވެ އިންތިހާބުގައި ވާދަކުރީ، ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު ސައީދެވެ.

އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް، ވިޔަފާރީގެ އުސޫލުން އެ ދާއިރާ ފުޅާކުރުމަށްޓަކައި 2020 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: