ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލެއިން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ބަންދަށް 15 ދުވަސް!

ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި އިއްޔެ ހިންގި ހާއްސަ އެންޓި ނާކޮޓިލްސް އޮޕަރޭޝެއްގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ މައްޗަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ހަތަރު މީހަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އޭގެ ތެރޭގައި ތިން ފިލްމީ ތަރިން ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ އަހުމަދު އަޒްމީލް، އިސްމާއިލް ޖުމައިހު، މުހައްމަދު ވިޝާލް އެވެ.

ކްރިމިނަލް ކޯޓު އަމުރުން އެނގޭ ގޮތުގައި މި ތިން މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ. އަދި އެ ތިން މީހުންގެ މައްޗަށް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ވަނީ ހުށަހަޅާފައެވެ. އެގޮތުން ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި އެ ތިން މީހުންގެ ކުޑަކަމުދާ ތަކެތި ”އެމްއޭޕީ“ އާއި ”ސީއޭޓީ“ އަށް ފޮޒިޓިވްވެފައިވާ ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު ފާހަގަކޮށްފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

މީގެ އިތުރުން އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ޓްރެފިކިން މިންގަނޑަށް އަރާވަރަށް މަސްތުވާތަކެތި ހުރިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: