ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 13 ޑިސެންބަރު 2026ގައި ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2026 ބެޑްމިންޓަން މުބާރާތް، ޑިސެންބަރު 13 އިން 19އަށް މާލޭގެ އެކުވެނި ބެޑްމިންޓަން ކޯޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.  މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، 25 ނޮވެންބަރު 2026ގެ ނިޔަލަށް މިހާރު ވަނީ ހުޅުވައިލައިފައެވެ.

ޒުވާނުން ބާރުވެރިކުރުވައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި މުބާރާތް އިންތިޒާމުކުރަނީ ބެޑްމިންޓަން ކްލަބާ ގުޅިގެންނެވެ. އަދި މިއީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ އެންޑޯޒްމަންޓާއެކު ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު އަމާޒަކީ، ވާދަވެރި މާހައުލެއްގެ ތެރެއިން ދިވެހި އަދި ބައިނަލްއަގްވާމީ ޒުވާން އެތުލީޓުންގެ ހުނަރު ކުރިއެރުވުމަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދިނުމެވެ.

ބޮޑު ތަރުހީބެއް ލިބިގެންދިޔަ 2025 ވަނަ އަހަރުގެ މި މުބާރާތުގައި 8 ގައުމަކުން ޖުމްލަ 347 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ހިމެނޭ ބައިނަލްއަގްވާމީ 30 އެތުލީޓުންނާއެކު، މުބާރާތުގައި ޖުމްލަ 733 މެޗު ވަނީ ކުޅެފައެވެ. މިއީ ޖޫނިއަރ ފެންވަރުގައި ބެޑްމިންޓަން ކުޅިވަރަށް އޮތް މަގްބޫލުކަން އިތުރުވަމުން އަންނަކަން ހާމަކޮށްދޭ އަދަދުތަކެކެވެ.

މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 9، 11، 13، 15، 17 އަދި 19 އަހަރުން ދަށުގެ ޢުމުރުފުރާތަކަށް ބަހާލައިގެންނެވެ. މީގެއިތުރުން، ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ މުބާރާތުގައިވެސް ޕެރާ/ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީ ހިމެނިގެންދާނެއެވެ

ދިރާގަކީ، ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: