ރަސްމާލެ ތަރައްގީ ކުރެވިގެންދާނީ ދިވެހިން ފަރުހުވެރިވާ މާތްވެގެންވާ އިސްލާމީ އުސޫލުތައް ވަރުގަދައަށް ރައްކާތެރިކޮށް ހިމާއަތް ކުރެވެގެން ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މުހައްމަދު އިސްމާއީލް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޝެއިހު ޒަމްޒަމް ފާރިޝް ދައްކަވަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތައް ކަމަށާއި، އެފަދަ ދެކޮޅު ނުޖެހޭ ވާޙަކަތަކެއް ދެއްކުމުގެ ބޭނުމަކީ ކޮބައިކަން ނުވިސްނޭ ކަމަށެވެ. އަދި ރާއްޖެއަށް ނުވަތަ ދިވެހި ފަސްގަނޑައް ކުރިއެރުމެއް އަންނަން ޝެއިހު ބޭނުން ނުވަނީ ތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.
99 އަހަރަަށް ރަށްތަކާއި ފަޅުތައް ދިނުމަކީ ދިވެހިރާއްޖޭގެ ގާނޫނު ހުއްދަކުރާ އަދި މިހާރުވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި މިއީ މި ސަރުކާރުން އަލަށް ކުރަން އުޅޭ ކަމެއް ނޫން ކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ރަސްމާލެ ތަރައްގީ ކުރެވިގެންދާނީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުތަކުގެ ފުރިހަމަ ބާރުހިންގާ ދިވެހިން ފަރުހުވެރިވާ މާތްވެގެންވާ އިސްލާމީ އުސޫލުތައް ވަރުގަދައަށް ރައްކާތެރިކޮށް ހިމާއަތް ކުރެވެގެން ކަމަށެވެ.
ގައްޒާގެ ވާހަކަ ދައްކަވާއިރުވެސް ރައީސް ޑރ މުއިއްޒުގެ މިސަރުކާރުން އިޒްރޭލް ޕާސްޕޯޓް މަނާކޮށް ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ހައްގުގައި ދުނިޔެ ސިއްސުވާލައި އެންމެ އަޑުހަރުކޮށް ވަކާލާތު ކުރައްވަމުންވެސް ގެންދަވަނީ އެކަމަނިކުފާނު ކަމަށް މެމްބަރު ވިދާޅުވިއެވެ.

