ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގު ސެގްމަންޓް 3ގައި މި ހަފުތާގައި ތާރުއަޅަން ފަށަނީ

ފޮޓޯ: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ، އަމީނީ މަގު އަލުން މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ސެގްމެންޓް 3 ގައި ތާރުއެޅުމުގެ މަސައްކަތް މި ހަފްތާގައި ފެށޭނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އަމީނީ މަގު މަރާމަތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

ސެގްމެންޓްތަކަށް ބަހާލައިގެން އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ. ފުރަތަމަ ސެގްމަންޓުގައި ދިވެހިރާއްޖޭގެ އަޑުން ފަށައިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދެވެ. އަދި ސެގްމަންޓް 2 އަކީ ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރުއަނގޮޅި ކަންމަތީގައި ތާރު އެޅުމެވެ. ތިން ވަނަ ސެގްމެންޓުގައި އިއްޒުއްދީން މަގާ ހަމަައިން ފެށިގެން ކޯރުކެނޑި ހިނގުން ހިމެނޭއިރު، ހަތަރު ވަނަ ސެގްމެންޓަކީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން ސްކޫލާއި ހަމައެވެ.

މި މަޝްރޫއުގެ ދަށުން ސެގްމެންޓް 3 ގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ލަފާކުރެވޭ ގޮތުން ހޯމަ ދުވަހު ނިމޭނެ ކަމަށާއި އޭގެ ފަހުން މި ހަފްތާގެ ތެރޭގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެމްޓީސީސީން ލަފާކޮށްފައިވާ ގޮތުގައި ތާރުއެޅުމަށްފަހު މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެއެވެ. މި މަޝްރޫއުގެ ދަށުން ސެގްމެންޓް 1 އަދި 2 ގައި ތާރުއަޅައި އާންމުންނަށް ހުޅުވާލާފައިވަނީ އޮކްޓޫބަރު 4 ގައެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ސަރުކާރުން ތާރު އަޅައިގެން ތަރައްގީކުރި އަމީނީމަގުގެ ބައެއް ސަރަހައްދުތަކުން ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައިވާތީއެވެ. ހާއްސަކޮށް އަމީނީމަގުގެ ހުޅަނގު ފަރާތުގެ ބޮޑު ސަރަހައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: