ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވައިދާ ހިލާފަށް ބޭރުކުރަން އުޅުނު 9 ލައްކަ ރުފިޔާގެ ބޭރު ފައިސާއާއެކު އިންޑިއާ މީހަކު ހިފަހައްޓައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގަވައިދާ ހިލާފަށް 9 ލައްކައަށް ވުރެ ގިނަ ދިވެހި ރުފިޔާއަށް އަގުއަރާ ބޭރު ފައިސާ، ރާއްޖޭން ބޭރުކުރަން އުޅުނު އިންޑިއާ ފަސިންޖަރެއް ކަސްޓަމްސްއިން ހުއްޓުވައިފިއެވެ.

ކަސްޓަމްސްއިން މިއަދު ކުރި ޕޯސްޓެއްގައިވަނީ ގަވައިދާ ޚިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު 905،669.80 ރުފިޔާއަށްވާވަރުގެ ބޭރު ފައިސާ މިދިޔަ ބުދަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރަން ދިޔަ މީހަކު ކަސްޓަމްސްއަށް ޑިކްލެއާނުކޮށް ބޭރުކުރަން މަސައްކަތްކުރި ކަމަށެވެ.

މި ފައިސާތައް އަތުލައިގަތީ އިންޑިއާއަށް ނިސްބަތްވާ ފަސިންޖަރެއްގެ އަތުން ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

މި ފައިސާތަކުގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭ ކަމަށް ކަސްޓަމްސްއިން ކުރި ޕޯސްޓުގައި އޮތް ނަމަވެސް، އެއީ ކޮން ގައުމުތަކެއްގެ ފައިސާއެއްކަން އެ ޚިދުމަތުން ހާމަނުކުރެއެވެ.

ފާހަގަކުރެވޭ ގޮތުގައި ސީރިއަލް ޕެކެޓުތަކެއްގައި ފޮރުވައިގެން 3.86 މިލިއަން ރުފިޔާ ރާއްޖޭން ބޭރު ކުރަން އުޅެނިކޮށް ހަ ބިދޭސިއަކު މިދިޔަ ސެޕްޓެންބަރު މަހުގެ 18ވަނަ ދުވަހު ހައްޔަރުކުރިއެވެ. އެ މީހުންގެ އަތުން ފެނުނު ފައިސާގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި 56,760 ޔޫރޯއާއި 1,815 ސްޓާލިން ޕައުންޑު ހިމެނެއެވެ. އޭގެ ޖުމްލަ އަގު ދިވެހި ރުފިޔާއިން ތިން މިލިއަނަށްވުރެ މަތިވާނެއެވެ.

މީގެ އިތުރުން ހުއްދަނެތި ބޭންކިން ޚިދުމަތް ދިނުމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ހަތަރު ބިދޭސީންނާއި ދިވެއްސަކު މިދިޔަ އަންގާރަ ދުވަހު ވަނީ ބަލައިފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: