ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓެލިޖެންސް ރިޕޯޓުތަކަކީ އޭގެ ޒާތުގައި ހެއްކެއް ނޫން، ގާނޫނުން އިތުރު ބާރު ދިނުމާއި މެދު ވިސްނަން ޖެހޭ: ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު:----ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓެލިޖެންސް ރިޕޯޓަކީ އޭގެ ޒާތުގައި އަސްލު ހެއްކެއް ނޫން ކަމަށާއި، ޝަރީއަތްތަކުގައި އެފަދަ ރިޕޯޓުތައް ސިއްރު ހެއްކެއްގެ ގޮތުގައި ބޭނުންކުރުން އާންމުވެފައި ވަނިކޮށް ގާނޫނުން އިތުރު ބާރުތަކެއް ދިނުމާއި މެދު ވިސްނާލަން ޖެހޭކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ޝަމްހީދު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ހުށަހަޅުއްވާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަދައްކަވަމުން ޝަމްހީދު ވަނީ މި ބަދަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، ބައެއް ޝަރީއަތްތަކާ ގުޅިގެން އިންޓެލިޖެންސް ރިޕޯޓު ހުށަހެޅުމަކީ ވަރަށް އާންމު ކަމެކެވެ. އަދި އިންޓެލް ރިޕޯޓަކީ އޭގެ ޒާތުގައި ހެއްކެއް ނޫންކަމަށް ވިޔަސް، ރާއްޖޭގައި މިހާރު ވެސް އެފަދަ ރިޕޯޓުތައް ހެއްކެއްގެ ގޮތުގައި އަދި ސިއްރު ހެއްކެއްގެ ގޮތުގައި ވެސް ބޭނުންކުރަމުންދާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ގާނޫނީ ގޮތުން އިތުރު ބާރުތަކެއް ދައުލަތަށް ނުވަތަ ވަކި ފަރާތަކަށް ލިބިގެންދާއިރު، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ވެސް ރިއާޔަތްކުރަންޖެހޭނެކަމަށް ޝަމްހީދު ވިދާޅުވިއެވެ.

މީގެއިތުރުން ޝަމްހީދު ވިދާޅުވީ، އެފަދަ ކަންކަން އާންމު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއަށް ލުމުގެ ބަދަލުގައި، އެ ހާއްސަ ހާލަތްތައް ހިމަނަންވާނީ އެކަމާ ގުޅޭ ހާއްސަ ގާނޫނެއްގެ ތެރޭގައި ކަމަށެވެ. އާންމު އިޖުރާއަތުގެ ގާނޫނަށް މިފަދަ ބަދަލެއް ގެނައުމުން ހުރިހާ ޝަރީއަތްތަކަކަށް އަދި ހުރިހާ ކުށްތަކަކަށް އެ މާއްދާތައް ހިނގާނެތީ، ކޮމިޓީ މަރުހަލާގައި މި ކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ގޮތެއް ނިންމަން ޖެހޭކަމަށް ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.

ަމަޖިލީހަށް ހުށަހަޅައި ބަހުސްކުރި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލާ މި އިސްލާހުތަކާ ވަރަށް ބޮޑު ގުޅުމެއް އެބައޮތްކަމަށް ޝަމްހީދު ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވި ގޮތުގައި، ކުށްކޮށްގެން ހޯދާ މުދާ ހޯދުމަށް އެހީތެރިވުމުގެ ގޮތުން ގެންނަ އިސްލާހުތައް އާންމު އިޖުރާއަތުގެ ގާނޫނުގައި ހިމެނުމުގެ ބަދަލުގައި، އެކަމަށް ހާއްސަ ގާނޫނެއްގެ ތެރޭގައި ހާއްސަ ހާލަތްތަކެއްގެ ގޮތުގައި ކަނޑައެޅުން ރަނގަޅެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ 131 ވަނަ މާއްދާ ބަޔާންކުރާ ގޮތުގައި، ފަނޑިޔާރަށް ފެނިވަޑައިގެންފި ހިނދެއްގައި ވަކި ހެއްކެއް ހާމަނުކުރުމަށް ނުވަތަ ހާމަކުރުން ފަސްކުރުމަށް، އަދި ވަކި ޝަރުތުތަކަކާ އެކު ހާމަކުރުމަށް އަމުރުކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިދެއެވެ. އެފަދަ ނިންމުމެއް ނިންމުމުގައި ރިއާޔަތްކުރެވޭނެ ސަބަބުތަކުގެ ގޮތުގައި ފުޅާ ދާއިރާއެއްގައި މާނަކުރެވޭނެ ކަންކަން ވަނީ ހިމަނައިފައެވެ.

އޭގެ ތެރޭގައި ހެކި ހާމަކުރުމުން އިތުރު ކުށަކަށް މަގުފަހިވުމާއި، ކޯޓުގެ ހުރުމަތް ކެނޑުމުގެ އިތުރުން ދައުވާލިބޭ މީހާ ފިޔަވައި އެހެން ފަރާތެއްގެ ޒާތީ މައުލޫމާތު ފަޅާއަރައިދާނެ ފަދަ ހާލަތްތައް ހިމެނެއެވެ. ނަމަވެސް، ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަވުން ނުވަތަ އިތުރު ކުށަކަށް މަގުފަހިވުން ފަދަ ކަންކަން ކަށަވަރުކޮށް ވަޒަންކުރާނެ ސާފު މިންގަނޑެއް އެ އިސްލާހުގައި ކަނޑައަޅާފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: