ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރުއާން މާއްދާ އެސެސްކުރާ ގޮތް ބަދަލުކުރަން ޖެހޭ: އެމްޑީޕީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ އެސްއެސްސީ އިމްތިހާނުގައި ޤުރްއާނުގައި މާއްދާ ހިމަނަށް ނިންމާފައިވާއިރު، އެ މާއްދާ އެސެސްކުރާ ގޮތް ބަދަލުކުރަން އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާޙަކަ ދެއްކެވި، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ ސްކޫލުތަކުގައި މާއްދާއެއްގެ ގޮތުގައި ޤުރުއާން ކިޔަވައިދޭން ޖެހޭ ކަމަށާއި، ސްކޫލު ނިންމާފައިވާ ނުކުންނައިރު ރީތިކޮށް ޤުރުއާން ކިޔަވަން ދަރިވަރުންނަށް އެނގެން ޖެހޭ ކަމަށެވެ.

އެކަމަކު ބޮޑު އިމްތިހާނެއްގައި ޤުރުއާން ހިމައި އަންނަ އަހަރު ދަރިވަރުން އެ މާއްދާއިން އިމްތިހާނުކުރާ ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ދަރިވަރުން ސްކޫލު ނިންމައި ވަޒީފާއަށް ކުރިމަތިލާއިރު ހުށަހަޅާ ސެޓްފިކެޓްތަކުގައި ގުރުއާނުން ފެއިލްވި ކަމަށް އޮތުން އެއީ ކުއްޖާއާ މެދު މީހުން ދެކޭ ގޮތް ބަދަލުވާނެ ކަމެކެވެ. އަދި މުޅި އުމުރު އެ ކުއްޖާ ހިފައިގެން އުޅޭނީ ގުރުއާން މާއްދާއިން ފެއިލްވިކަމުގެ ސެޓްފިކެޓު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަބަބަށްޓަކައި އޭނާ ވަނީ އެޑިއުކޭޝަން މިނިސްޓްރީން ގުރުއާން މާއްދާ އެސެސް ކުރާ ގޮތް ބަދަލުކުރުމަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: