ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ހެވީ ވެހިކަލް ދުއްވާ ގަޑިތަކަށް ބަދަލު ގެންނަނީ

ފޮޓޯ / ސޯޝަލް މީޑިއާ: މާލޭގެ މަގުތައް ވަނީ ތޮއްޖެހިފައި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ބޭނުންވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓަރ މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި ބްރިޖުމަތީގައި ހެވީ ވެހިކަލްތައް ދުއްވާ ގަޑިތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ވަކި ގަޑިތަކެއްގައި ހެވީ ވެހިކަލްތައް ނުދުއްވޭގޮތަށް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މާލެ ސަރަހައްދަކީ ތޮއްޖެހުން ބޮޑު ނަމަވެސް ގިނަ އަދަދެއްގެ ވިޔަފާރިތައް ހަރަކާތްތެރިވާ ސަރަހައްދަކަށް ވާތީ، ވިޔަފާރިތަކަށް ބުރައެއް ނުވާނެ ގޮތަކަށް މިކަން އިންތިޒާމު ކުރުމަށް ސަމާލުކަން ދެއްވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”ހެވީ ވެހިކަލްތައް ވަކި ގަޑިތަކެއްގައި ނުދުއްވޭގޮތަށް ހެދުމުގެ މަސައްކަތްތަކެއް އެބަކުރަން. އެހެންނަމަވެސް، މިކަމަކީ ގްރޭޓަރ މާލެ ސަރަހައްދަކީ ކިތަންމެ ކޮންޖެސްޓެޑް ތަނަކަށް ވިޔަސް މިއީ ވަރަށް ގިނަ ވިޔަފާރިތަކެއްވެސް ހަރަކާތްތެރިވާ ދާއިރާއެއް މިއީ، އެހެންވީމަ ވިޔަފާރި ކުރާ ފަރާތްތަކަށްވެސް މިކަމުގެ ބުރައެއް އުފަލަން ޖެހިއްޖިއްޔާވާނީ ޖުމްލަކޮށް ސޮސައިޓީއަށް އަންނާނެ ބޮޑު މައްސައަކަށް،“ ވަޒީރު ވިދާޅުވިއެވެ.

މީގެ ކުރީ ސަރުކާރެއްގައި މި ފިޔަވަޅު އެޅުމުން ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ، ސިޔާސަތުތަކަށް އެތައް ބަދަލެއް ގެންނަން ޖެހުނުކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ. މިހާރުގެ މަސައްކަތުގައި ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރާތާ ހަތަރު މަސްވެފައިވާއިރު، އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް ކަމުދާނެ އުސޫލެއް އެކުލަވައިލުން ކަމަށް ވިދާޅުވިއެވެ. ޚާއްސަކޮށް ގޭބިސީތަކަށް ކޮންމެހެން ބޭނުންވާ ފެނާއި ގޭސް ފަދަ ތަކެތި އުފުލުމަށް ދަތިނުވާނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އިސްކަންދެއްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖުގެ ޕީކް ވަގުތުތަކުގައާއި އޮފީސް ގަޑިތަކުގައި ބަރު އުޅަނދު ދަތުރުކުރުމުން ދިމާވާ ތޮއްޖެހުމަށް ހައްލެއް ހޯދުމަށް ދިރާސާކުރަމުން އަންނަ ކަމަށާއި، ކޮންސްޓްރަކްޝަން ދާއިރާއަށް ދަތިނުވާނެ ހައްލެއް ހޯއްދަވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ އުސޫލު ގެޒެޓް ކުރެވޭނެ ކަމަށް ލަފާކުރެއްވިއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދަކީ ރަޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، ”ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް“ ގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް ވަޒީރު ހާމަކުރެއްވިއެވެ.

އެގޮތުން ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ޗީފް އެގްޒެކެޓިވް އޮފިސަރެއް ހަމަޖައްސަވައި، ފަންނީ ތަޖުރިބާގެ އަލީގައި މަސައްކަތްތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މަގުމަތީގެ ސަލާމަތާއި އަމާންކަމަކީ ސިޔާސީ ޚިޔާލުތަފާތުވުންތަކެއް ނެތި، އެންމެންގެ މަސްލަހަތުގައި ހާސިލުކުރަންޖެހޭ ކަމެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: