ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އެއްވެސް ސަރަޙައްދެއް ބެލެހެއްޓުމުގެ ބާރު ބޭރުގެ އެއްވެސް ފަރާތަކަށް ނުދޭނެ: ސަރުކާރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އެއްވެސް ސަރަޙައްދެއް އަސްކަރީ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމުގެ ބާރު ބޭރުގެ އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ ސަރަޙައްދާއި ދައުލަތުގެ ސިޔާދަތު ރައްކައުތެރިކުރުމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދައުލަތުގެ ސިޔާދަތަކީ ރާއްޖޭގެ މިނިވަންކަން އެމައްޗަށް ބަރޯސާވާ، ބަދަލުނުކުރެވޭނޭ ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤެކެވެ. އަދި ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ހިމެނޭހެން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ޤާނޫނުއަސާސީން ދައުލަތާ ޙަވާލުކޮށްފައިވާ ކަމެއް ކަމަށާއި، ތާރީޚުގައިވެސް އެ ޒިންމާ ދިވެހިން އަދާކޮށްފައިވަނީ ފަޚުރުވެރިކަމާއެކު ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ދުނިޔޭގެ ޖޯގުރަފީއަށް ބަލާއިރު ރާއްޖެއަކީ އިސްތިރާޖީގޮތުން ވަރަށް މުހިންމު ސަރަޙައްދެއްގައި އޮތް ޤައުމެއްކަން ފާހަގަކުރަމުން ސަރުކާރުން ބުނީ، ރާއްޖޭގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި ޢާންމު ވިޔަފާރީގެ ބޮޑު އިންސައްތައެއް ދަތުރުކުރުމަށް ބޭނުންކުރާ މުހިންމު މަގުތަކެއް ކަމަށެވެ. އެހެންކަމުން މި ސަރަޙައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ބައިނަލްއަޤްވާމީ ވިޔަފާރިއަށާއި، ދުނިޔެއާއި މި ސަރަޙައްދުގެ ހަމަޖެހުމަށް ރާއްޖެއިން ޒަމާނުއްސުރެ އަދާކުރަމުން އަންނަ އަގުހުރި ދައުރެއް ކަމަށް ބަޔާނުގައިވެއެވެ.

ރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުން ބޭރުގެ ފަރާތްތަކާ ޙަވާލުނުކުރުމަކީ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށާއި، މި ސިޔާސަތަކީ ސަރަޙައްދީ ހަމަޖެހުމާއި ވިޔަފާރިއަށް ފަހި ވެއްޓެއް ޤާއިމުކުރުމަށްވެސް މުހިންމު ކަމެއްކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. ސަރަޙައްދުގެ އެއްވެސް ބައެއް ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވާލުމަކީ ރާއްޖޭގެ މިނިވަންކަމަށާއި، ދައުލަތުގެ ސިޔާދަތަށް އަދި ސަރަޙައްދުގެ ސަލާމަތަށްވެސް އުނިކަން އަންނާނެ ކަމެއް ކަމަށް ސަރުކާރުން ދެކެއެވެ.

އެހެންކަމުން، ރާއްޖޭގެ އެއްވެސް ސަރަޙައްދެއް ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް އެއްވެސް ޙާލެއްގައި ނުދޭނެކަން ތަކުރާރުކޮށް ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މިނޫން ގޮތަކަށް މޭރުންވެދާނޭ ފަދައިން ބޭރުގެ އެއްވެސް ނުފޫޒަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް އެއްވެސް ފަރާތަކުން ދަޢުވަތު ނުދިނުމަށްވެސް ސަރުކާރުގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: